ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 18:45
އަފްޣާނިސްތާނުގެ އަންހެން ފުޓްބޯޅަ ޓީމު
އަފްޣާނިސްތާނުގެ އަންހެން ފުޓްބޯޅަ ޓީމު
ގެޓީ އިމޭޖަސް
އަފްޣާނުގެ ކުޅުންތެރިން ސަލާމަތްކުރަން
އަފްޣާނުގެ އަންހެން ކުޅުންތެރިން އޮސްޓްރޭލިއާއަށް
 
އަފްޣާނުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ސަލާމަތްކުރަން ފީފާއިން ގޮވާލި
 
50 ށްވުރެ ގިނަ އަންހެން ކުޅުންތެރިން ވަނީ އޮސްޓްރޭލިއާއަށް ގެންގޮސްފައި

އަފްޣާނިސްތާނުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ސަލާމަތްކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ގޮވާލުމާއެކު، އޮސްޓްރޭލިއާއިން އެ ކުޅުންތެރިން އެ ގައުމަށް ގެންގޮސްފިއެވެ.

ދާދި ފަހުން ތާލިބާނުގެ ހަނގުރާމަވެރިން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަރައި، އެ މީހުންގެ ބާރުގެ ދަށަށް އެ ގައުމު ގެންގޮސްފައެވެ. އެއާއެކު އެ ގައުމުގެ ބައެއް އަންހެން އެތުލީޓުން އަންނަނީ ކުރިމަތިވެދާނެ ބިރު ބޮޑުކަމުން، ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަމުންނެވެ.

އެއާއެކު ފީފާ އާއި ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯ އިން ވަނީ އަފްޣާނިސްތާނުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ރައްކާތެރިކޮށްދިނުމަށް އެކި ގައުމުތަކުގެ ސަރުކާރުތަކުގައި އެދިފައެވެ. އެކަމަށް އިޖާބަދީ އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ވަނީ އަފްޣާނިސްތާނުގެ 50 ށްވުރެ ގިނަ އަންހެން ފުޓްބޯޅަ ކުޅުންތެރިން އެ ގައުމަށް ގެންގޮސްފައެވެ.

އެއާއެކު ފިފްޕްރޯއިން ނެރުނު ބަޔާނެއްގައި ވަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ މި ދަނޑިވަޅަކީ އަފްޣާނިސްތާނުގެ އަންހެން އެތުލީޓުންނަށް ބައިނަލްއަގުވާމީ އިދާރާތަކުން އެހީވާންޖެހޭ ދަނޑިވަޅު ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި އެހީ ނުލިބި އަދިވެސް އެތައް އެތުލީޓަކު އެ ގައުމުގައި އެބަތިބި ކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން އެ އެތުލީޓުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން އޮސްޓްރޭލިއާއަށް ގެންދިޔައިރު، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގައި އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމު ވާދަކުރަން ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައެވެ.

ކޮލިފައިންގައި އަފްޣާނިސްތާން ވާދަކުރާ ގްރޫޕް ބީގައި ދެން ހިމެނެނީ ރާއްޖެ އާއި، ވިއެޓްނާމް އަދި ތަޖިކިސްތާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
92%
0%
8%
0%
0%
ކޮމެންޓް