Advertisement
ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 14:57
އަޙްމަދު މަޙްލޫފް
އަޙްމަދު މަޙްލޫފް
ރާއްޖެ އެމްވީ
މަހުލޫފް އީސީއަށް
އެމްޑީޕީއަށް ހުށަހެޅި ޝަކުވާއަށް ޖަވާބެއް ނުލިބުމުން މަހުލޫފް އީސީއަށް
އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި
ތަފާތުނުކުރެއްވުމަށް އެދިލައްވާފައިވޭ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފުގައި އޮވެމެ، ޖަވާބެއް ނުލިބޭތީ މިނިސްޓަރު އަހުމަދު މަހުލޫފު އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ)ށް ހުށަހަޅުއްވައިފިއެވެ.

Advertisement

މިކަމާ ގުޅިގެން އަންގާރަ ދުވަހު ކުރެެއްވި ޓްވީޓެއްގައި މަހުލޫފު ވިދާޅުވީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އީސީއަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ.

މަހުލޫފު ވަނީ މި މައްސަލައިގައި ޖަވާބެއް ނުލިބި ތަފާތުކުރުންތަކެއް އެ ޕާޓީން ގެންގުޅޭ ކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަކްރަމް ކަމާލުއްދީނުގެ އިތުރުން މަހުލޫފަށް ގެއްލިފައިވާ ކަމަށް އެ ޕާޓީން ހާމަކުރުމާއެކު އެމްޑީޕީގެ މި ނިންމުން އަލުން މުރާޖަޢާ ކޮށްދެއްވައި, ޕާޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަމަޖައްސަވައި ދެއްވުމަށް އަކްރަމް ކަމާލުއްދީން އެމްޑީޕީގައި ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއަރ ޕާރސަން ޙަސަން ލަޠީފަށް އެޑްރެސް ކުރައްވައި، އަންގާރަ ދުވަހު އަކްރަމްގެ ފަރާތުން ފޮނުވި ސީޓީގައި މައިގަނޑު 10 ކަމެއް ފާހަގަކުރައްވާފައިވެއެވެ. އަކްރަމް ވިދާޅުވެފައިވަނީ، ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަމަަށެވެ.

މި މައްސަލަ އަކްރަމްގެ ފަރާތުން ހުށަހެޅުއްވުމުން ޤައުމީ މަޖިލީހުން އެކުލަވާލި, ދާއިރާތަކުގެ އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ އަކްރަމަށް ކުރިމަތިލެއްވޭނެކަމަށް ނިންމާފައެވެ. މިކަމާ ގުޅިގެން އަކްރަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ އޭނާގެ މައްސަލަ ވެސް އިސްތިއުނާފްކޮށްފައި އޮންނަތާ 6 ދުވަސް ވެފައިވާ ކަމަށެވެ.

އަދި 2 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންވާނެކަމަށް ބަޔާންކުރާކަމަށާއި، ވާނުވާ އަންގަވައިދެއްވުން އެދޭކަމަށެވެ. އެމްޑީޕީގެ ޗެއަރ ޕާރސަން ޙަސަން ލަޠީފަށް އެޑްރެސްކުރައްވައި މަހުލޫފު ވިދާޅުވީ އިންތިޚާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރައްވަން ބޭނުންވެލައްވާ ކަމަށާއި، ތަފާތުނުކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް