ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 12:31
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިނަށް ފުލް އެޕްރޫވަލްދިނުން
އެމެރިކާއިން ފައިޒަރ ވެކްސިނަށް ފުލް އެޕްރޫވަލްދީފި
 
ފައިޒަރ ވެކްސިނަކީ ކޮވިޑް ވެކްސިންތަކުގެ ތެރެއިން ފުލް އެޕްރޫވަލް ލިބުނު ފުރަތަމަ ވެކްސިން
 
އެފްޑީއޭގެ ފުލް އެޕްރޫވަލާއެކު އުމުރުން 16 އަހަރުން މަތީގެ މީހުންނަށް މިވެކްސިންގެ ދެ ޑޯޒް ޖެހޭނެ

ކޮވިޑް-19ށް ފައިޒަރ އަދި ބައޯއެންޓެކުން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފިއެވެ.

އެފްޑީއޭގެ މި ނިންމުމާއެކު ވެކްސިން ޖެހުމަށް ފަސްޖެހޭ ގިނަ މީހުންނަށް ވެކްސިން ޖެހުމަށް އިތުރު ހިތްވަރެއް ލިބިގެންދާއިރު، އެފްޑީއޭގެ ފުލް އެޕްރޫވަލާއެކު އުމުރުން 16 އަހަރުން މަތީގެ މީހުންނަށް މިވެކްސިންގެ ދެ ޑޯޒް ޖެހޭނެއެވެ.

ފައިޒަރ ވެކްސިން ވެގެން ގޮސްފައި މިވަނީ ކޮވިޑް-19 އަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ފުލް އެޕްރޫވަލް ލިބުނު ފުރަތަމަ ކޮވިޑް-19 ވެކްސިނަށެވެ.

އެފްޑީއޭގެ އެކްޓިން ކޮމިޝަނަރ ޑރ. ޖެނެޓް ވޫޑްކޮކް ވަނީ ފައިޒަރ ވެކްސިނަށް ހުއްދަ ދެވިގެން ދިއުމަކީ ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިއާއެކު އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފައިޒރ ވެކްސިން މަސައްކަތްކުރާ މިންވަރު 95 އިންސައްތަ ކާމިޔާބުކަން ދިރާސާތަކުން ދައްކާއިރު، މިވެކްސިނުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އަސަރުކުރާ މިންވަރު 100 އިންސައްތަ ކާމިޔާބުކަމަށް ދިރާސާތަކުން ދައްކައެވެ.

ފައިޒަރ ވެކްސިނަކީ އެމަޖެންސީ ޔޫސަށް އެންމެ ފުރަތަމަ ހުއްދަ ލިބުނު ވެކްސިންތަކުގެ ތެރެއިން ވެކްސިނަކަށް ވާއިރު، މިވެކްސިން ދަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ވެސް ބޭނުން ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް