ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 00:51
މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ
މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19ގެ ހާލަތު
އިތުރު 95 މީހުން ޕޮޒިޓިވްވެ ޖުމްލަ 79،959ށް
1648 އެކްޓިވް ކޭސް ހިމެނޭ
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 16 މީހުންނަށް ދަނީ ފަރުވާ ދެމުން
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 123 މީހުން

ކޮވިޑް-19ށް އިތުރު 95 މީހުން ޕޮޒިޓިވްވެ ޖުމްލަ 79،959ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގި 5673 ސާމްޕަލްގެ ތެރެއިން 95 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން 26 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން 56 މީހުން، ހިންގަމުންދާ ރިސޯޓުތަކުން 13 މީހުން ޕޮޒިޓިވްވެފައިވެއެވެ.

1648 އެކްޓިވް ކޭސް ހިމެނޭއިރު، 16 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 123 މީހުންނެވެ. އެއާއެކު ބަލިން ރަނގަޅުވި ޖުމްލަ އަދަދުވަނީ 78،076ށް އަރާފައެވެ.

މިބަލީގައި ނިޔާވެފައިވަނީ 223 މީހުންނެވެ.

ކޮވިޑް-19 ހާލަތު ރަނގަޅުވި ނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމާއި، ގިނަގިނައިން އަތް ދޮވުމަށް އެދިފައިވެއެވެ. މީގެ އިތުރުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.


Advertisement
- ކޮމެންޓް