ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 16:33
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ވެކްސިން ޖެހުން
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ވެކްސިން ޖެހުން
އެޑިއުކޭޝަން މިނިސްޓްރީ
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން
20،000ށް ވުރެ ގިނަ ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި
 
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފުރަތަމަ ޑޯޒް ޖަހަން ފެށީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު

ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 20,239 ކުދިން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އުމުރުފުރައިގެ 50 އިންސައްތަށް ވުރެން ގިނަ ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

އުމުރުން 12 އަހަރާ 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލްގައި ކިޔަވަމުންދާ ކުދިން އަދި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލްތައް ގުޅިގެންނެވެ.

އެގޮތުން މިހާރު މާލެ ސަރަހައްދުގައި މި ވެކްސިން ދޭން ފަށާއިރު އާއްމުންނަށް މި ވެކްސިނަށް ޚާއްސަކުރެވިފައިވާ ވެކްސިން ސެންޓަރުތަކަކީ އިސްލާމީ މަރުކަޒު (ހެނދުނު 9ން ހަވީރު 4ށް) ހުޅުމާލޭ ހޮސްޕިޓަލް (މެންދުރުފަހު 1ން 4ށް)އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 364،847ށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 298،418ށް އަރާފައެވެ. ސަރުކާރުން ދަނީ ހުރިހާ އެންމެން ވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ގޮވާލާ، ކޮވިޑުން ރައްކާތެރިވުމަށް އެންމެ އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި