Advertisement
ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 11:56
މުހައްމަދު ނަޝީދު - އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް
ޝުރުފާ މުހައްމަދު
ބަރުލަމާނީ ނިޒާމު
ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަން - ނަޝީދު
ބައެއް މެމްބަރުން އިސްވެ ތިއްބަވާ، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިވޭ
ގައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަން

ގައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިސްވެ ތިއްބަވައި، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވަރިކަމުގެ ނިޒާމު ފުރޮޅާލަން ޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Advertisement

ޕެިޝަންގައި ސޮއިކުރަން ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. އެމްޑީޕީގެ މެމްބަރުން ބުނެފައިވާނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މެނިފެސްޓޯގައި ގާނޫނީ އަސާސީއަށް ބަދަލުތަކެއް ގެނެސް ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބާރު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ދެންނެވުމަށް ތައްޔާރު ކުރާ ޕެޓިޝަނެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހައްލުވެގެންދާނީ ރާއްޖޭގައި ބޮޑުވަޒީރަކު ހުންނެވުމުން ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފަށް ގުޅާލުމުން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ޕެޓިޝަނެއްގައި ސޮއިކުރައްވަން އުޅުއްވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރަސްމީ ސިފައެއްގައި އެފަދަ އެއްވެސް ހަރަކާތެއް އެމްޑީޕީގެ މެންބަރުންނާ ގުޅިގެން ކުރިއަށް ނުގެންދަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް