ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 08:16
ޓޯނީ ބްލެއަރ - އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު
ޓޯނީ ބްލެއަރ - އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު
އެންޑީޓީވީ
އަފްޣާން އައު ސަރުކާރު
ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާން ދޫކޮށް ދިއުމަކީ ބިރުވެރި ކަމެއް - ޓޯނީ ބްލެއަރ
ހުޅަނގުންން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރާ އެގައުމު ހިފިއިރު އިނގިރޭސި ބޮޑުވަޒީރަކީ ޓޯނީ ބްލެއަރ
ހުޅަނގުގެ ގައުމުތަކުން އަފްޣާން ދޫކޮށް ގޮސްފައިވަނީ އެއްވެސް ގޮތަކަށް ރޭވިފައިވާ ވިސްނުމެއްގެ ތެރެއިންނެއްނޫން

ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާން ދޫކޮށް ދިއުމަކީ، ބޭކާރު އަދި އެހާމެ ބިރުވެރި ކަމެއްކަމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ވިދާޅުވެއްޖެއެވެ.

ބްލެއަރ މިހެން ވިދާޅުވެފައިވަނީ، އޭނާގެ ފައުންޑޭޝަނުގެ ވެބްސައިޓުގައި އާއްމުކުރެއްވި ލިޔުމެއްގައެވެ.

އެމެރިކާއާއި އިނގިލޭރސިވިލާތް ގުޅިގެން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރާ އެގައުމު ހިފިއިރު ބޮޑުވަޒީރު ކަމުގައި ހުންނެވީ ޓޯނީ ބްލެއަރއެވެ. އޭރު އިނގިރޭސިވިލާތުން އެމެރިކާއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދިނެވެ. މިއީ، އަފްޣާނިސްތާނުގައި އޮތް ވެރިކަން ވެއްޓި ތާލިބާންގެ ބާރުގެ ދަށަށް އައުމަށް ފަހު، އަފްއާނިސްތާނުގެ ސިޔާސީ މަސްރަހާ ގުޅިގެން ބްލެއަރ ވާހަކަދެއްކެވި، ފުރަތަމަ ފަހަރެވެ.

އަފްޣާނިސްތާނަށް 2001ވަނަ އަހަރު އެމެރިކާއިން އެރުމަށް ތާއީދު ކުރުމުގެ އިތުރުން، އޭގެ ފަހުން އެމެރިކާއިން އިރާގަށް އަރާ ކުރި ހަގުރާމައަށްވެސް ބްލެއަރ ތާއީދު ކުރެއްވިއެވެ. ބްލެއަރގެ މި ނިންމުމާ ގުޅިގެން، އިނގިރޭސިވިލާތުގެ އިތުރުން އެތައްބެއްގެ ފާޑުކިއުންވެސް އަމާޒުވިއެވެ. އަފްޣާނިސްތާނާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކުން މިހާރު ގެންގުޅެމުންދާ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ދުރު މުސްތަގްބަލެއްގައި އެގައުމުތަކަށް އޭގެ ގެއްލުން ލިބިގެން ދާނެކަމަށް ބްލެއަރ ވަނީ ވިދާޅުވެފައެވެ.

ބްލެއަރ ވިދާޅުވީ، އަފްޣާނިސްތާނާ ގުޅޭގޮތުން މުޅި ދުނިޔެވެސް އޮތީ ވާނުވާއެއްގައި ކަަމަށާއި، ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާން ދޫކޮށް ގޮސްފައިވަނީ، އެއްވެސް ގޮތަކަށް ރޭވިފައިވާ ވިސްނުމެއްގެ ތެރެއިން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެނިންމުން ބިނާވެފައި ވަނީ، ސިޔާސީ ވިސްނުމުގެ މައްޗަށް ކަމަށް ބްލެއަރ ވިދާޅުވެފައިވެއެވެ.

- ކޮމެންޓް