ކ. މާލެ
|
19 މެއި 2017 | ހުކުރު 15:32
ބާރު ސްޕީޑުގައި ދުއްވި ކާރު
ބާރު ސްޕީޑުގައި ދުއްވި ކާރު
ގޫގުލް
ނިއު ޔޯކް
ނިއު ޔޯކްގައި ޓައިމް ސްކޮޔަރގައި ކާރަކުން ޖެހި އެކަކު މަރުވެ 22 މިހަކު ޒަޚަމްވެއްޖެ
މަރުވި އަންހެން މީހާ އަކީ އެމެރިކާގެ މިޗިގަން ސްޓޭޓަށް ނިސްބަތްވާ މީހެއް
ޓެރަރިސްޓް ހަމަލާއެއް ނޫން ކަމަށް އޮފިޝަލުން ވަނީ ބުނެފައި

އެމެރިކާގެ ނިއު ޔޯކްގެ ޓައިމްސް ސްކޮޔަރގައި ބުރާސްފަތި ދުވަހު  ކާރެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސްް, ހިނގާފައި ދިޔަ މީހުންގެ ގައިގައި ޖެއްސުމުގެ ސަބަބުން އެކަކު މަރުވެ 22 މީހުން ޒަޚަމްވެއްޖެއެވެ. 

މަރުވީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. ނިއު ޔޯކުގެ މޭޔަރު ވިދާޅުވީ މިއީ ޓެރަރިސްޓް އަމަލެއް ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ބާރު ސްޕީޑުގައި ގޮސް މީހުންގެ ގައިގައި ޖެއްސި ކާރުގެ ޑަރައިވަރަކީ އެމެރިކާގެ ނޭވީ ގައި ކުރިން އުޅުނު މީހެކެވެ. ނިއު ޔޯކް ސިޓީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ރިޗަޑް ރޮޖަސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. ފުލުހުން އޭނާ އާއި ބެހޭގޮތުން ބުނެފައި ވަނީ އޭނާ އަކީ ދެފަހަރެއްގެ މަތިން މަސްތުގެ ހާލަތުގައި ދުއްވުމުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހެއް ކަަމަށެވެ. އެއީ 2008 އާއި 2015 ގައެވެ.  އަދި މިމަހު ކުރީކޮޅުވެސް ރޮޖަސް ވަޅިން މީހަކަށް ބިރު ދެއްކުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނިއު ޔޯކް ފުލުހުން ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހުގެ ހާދިސާ ހިނގި އިރު ރޮޖަސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ކުރި ޓެސްޓްތަކަށް ބަލާއިރު ބަނގުރާ އަށް ޕޮޒިޓިވް ނުވާ ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ރޮޖާސް ހުރީ މަސްތުވާއެއްޗެއް ކަމަށްވާ މަރުވާނާ ބޭނުންކޮށްގެންނެވެ.

މަގުމަތިން ހިނގާފައި ދާ މީހުންނަށް ފަހުގެ މަސްތަކުގައި ހަމަލާ ދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ. އިނގިރޭސިވިލާތް، ފްރާންސް، ޖާމަނީ، އިޒްރޭލް، އަދި ސްވިޑެން ގައި ވަނީ މިފަދަ ހާދިސާތައް ހިނގާފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް