Advertisement
ކ. މާލެ
|
19 އޯގަސްޓް 2021 | ބުރާސްފަތި 14:30
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
13 އަހަރު ކުއްޖާގެ މަރު
13 އަހަރު ކުއްޖާގެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައިފި
ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައި
އޭނާގެ މައްޗަށް ދައުވާ ސާބިތު ވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ
ކުޑަކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވީ، ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖާއަށް ކަމަށެވެ. ޕީޖީ ވިދާޅުވީ، ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު، އޭނާގެ މައްޗަށް ދައުވާ ސާބިތު ވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ، މި މައްސަލައިގެ ދައުވާ ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި:

ގަސްތުގައި މީހަކު މެރުން

މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން

ގްރޫމްކުރުން

މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން

ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން

Advertisement

ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން

ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމުގެ ފަސް ދައުވާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް

ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި:

ގަސްތުގައި މީހަކު މެރުން

ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން

މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުމަތި ފަރާތު މޫދުގައި މަރާލާފައި ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ ޖުލައި 5 ވަނަ ދުވަހުއެވެ. އަދި އެކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލާފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް