ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 23:24
މާލެ ސިޓީ- ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި
މާލެ ސިޓީ- ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އިތުރު 106 މީހުން ޕޮޒިޓިވްވެ، ޖުމްލަ 79،525ށް!
ފާއިތުވި 24 ގަޑިއިރު 133 މީހުން ބަލިން ރަނގަޅުވެފައިވޭ
1،652 އެކްޓިވް ކޭސް ހިމެނޭއިރު، 15 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
މާލެ ސަރަހައްދުން 16 މީހުން، އަތޮޅުތެރެއިން 78 މީހުން ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19ށް އިތުރު 106 މީހުން ޕޮޒިޓިވްވެ، ޖުމްލަ 79،525ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 5،333 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 106 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 16 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 78 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން, ފާއިތުވި 24 ގަޑިއިރު 133 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި މިހާތަނަށް ޖުމްލަ 77،639 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

1،652 އެކްޓިވް ކޭސް ހިމެނޭއިރު، 15 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިބަލީގައި 222 މީހުން ނިޔާވެފައިވެއެވެ. އެއީ 205 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅަށްފަހު ކޭސްތައް ދަށްވުމާ ގުޅިގެން މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ކޭސްތައް އިތުރުވެގެން ގޮސްދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަމާއި، މާސްކް އެޅުންފަދަ ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. އެހެންކަމުން އަތޮޅުތެރެއިން ކޭސްތައް ފެނިފައިވާ ރަށްރަށުގައި މިހާރު ހަރުކަށި ފިޔަވަޅުތައް އަޅައި, ބަލި ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކާއި، ޓާސްކްފޯސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.


Advertisement
- ކޮމެންޓް