Advertisement
ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 12:24
ކެންދޫ ދައީރާގެ މެންބަރު އަލީ ހުސައިން
ކެންދޫ ދައީރާގެ މެންބަރު އަލީ ހުސައިން
މަޖިލިސް
241 ކޮމިޓީއަށް ބަދަލުތަކެއް
މެންބަރު ރިޔާޒްގެ ބަދަލުގައި ޖޭޕީގެ ފަރާތުން 241 ކޮމިޓީއަށް މެންބަރު އަލީ ހުސައިން
މެންބަރު އަލީ ހުސެއިން ހަމަޖައްސަވާފައި ވަނީ މެންބަރު ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން
މެންބަރު ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި

241 ކޮމިޓީއަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބަދަލުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސަވައިފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްﷲ ވަނީ އެ ކޮމިޓީއަށް އައިސްފައިވާ ބަދަލު އިއުލާން ކުރައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން މެންބަރު އަލީ ހުސައިން އެ ކޮމިޓީއަށް ހަމަޖައްސަވާފައި ވަނީ މެންބަރު ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. މެންބަރު ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

241 ކޮމިޓީއަށް އަނެއްކާވެސް ބަދަލެއް އައިސްފައިވާއިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި އަލުން އަނބުރާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެ ކޮމިޓީއަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންގެ ބަދަލުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ކޮމިޓީއަށް ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

މެންބަރު އާޒިމް 241 ކޮމިޓީން އިސްތިއުފާދެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެންނެވެ. އަދި މެންބަރު އިލްޔާސް އެ ކޮމިޓީން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ ކޮމިޓީން ހިންގި އިންކުއަރީއާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް