ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 00:33
ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގެ ތެރެއިން،
ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގެ ތެރެއިން،
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އިތުރު 130 މީހުން ޕޮޒިޓިވް، އަތޮޅުތެރެއިން 86 ކޭސް!
1679 އެކްޓިވް ކޭސް ހިމެނޭ
13 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުން
މިހާތަނަށް 79،419 މީހުން ޕޮޒިޓިވްވެ، 77،506 މީހުން ބަލިން ރަނގަޅުވެފައިވޭ

ކޮވިޑް-19ށް އިތުރު 130 މީހަކު ޕޮޒިޓިވްވެ، 133 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 5237 ސާމްޕަލްގެ ތެރެއިން 130 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 36 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 86 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 08 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 79،419 މީހުން ޕޮޒިޓިވްވެ، 77،506 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. 1679 އެކްޓިވް ކޭސް ހިމެނޭއިރު، 13 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދެއެވެ. އަދި މިބަލީގައި 222 މީހަކު ނިޔާވެފައިވެއެވެ. އެއީ 205 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖެއިން މިހާރު ފެންނަ ކޭސްތަކުގެ އަދަދު މަދުވެފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ލުއިތައް ވެސް ދޭން ފަށާފައެވެ. ރާއްޖެ މިހާރު އައު އާންމު ހާލަތަކަށް ދިޔަ ނަމަވެސް ކޮވިޑުގެ ނުރައްކާ އަތުވެދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ, ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލައި ލުއިތައް ދެމުން ދާކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށާއި އެގޮތުން އިޖްތިމާއީ ގައިދުރުކަމާއި، މާސްކް އެޅުންފަދަ ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، މިކަމާ ގުޅޭގޮތުން ތަންފީޒީ އިދާރާތަކާއެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިންސްޕެކްޝަންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް
18 އޯގަސްޓް 2021 | ބުދަ 08:27
ހެއްރަބެ
ޕޮޒިޓިވް ނުވާނެ ގޮތެއް ނުހެދޭނެ ކަން ރަގަޅަށަ އެގިތިބެ ކީއްކުރަން ގަންނަ ގަނޑެއްބާ ތިއީ؟؟؟؟ ވަގުތާއި ފައިސާ ބޭކާރުކުރުމާއެކު ރައްޔިތުންގެ ގިނަބަޔަކަށް ތަކުލީފްޖެއްސުން ނޫންކަމެއް ހާސިލް ވާތަނެއް ނުފެނޭ!!!