Advertisement
ކ. މާލެ
|
17 އޯގަސްޓް 2021 | އަންގާރަ 13:03
ބްލޮގަރ ޔާމީން ރަޝީދު
ބްލޮގަރ ޔާމީން ރަޝީދު
ޓްވިޓަރ
ބްލޮގަރ ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރު: އޮކްޓޯބަރު މަހު ވާރިސުންގެ ބަސް ނެގުން
ޝަރީއަތް ކުރިއަށް ގެންދަވާނެ ގޮތުގެ އައު ތާވަލެއް އެކުލަވާލާފައިވޭ
ޔާމީން މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު
ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް ދިފާއީ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމާ ގުޅޭގޮތުން "އަދަދު" ގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ ޝަރީއަތް ކުރިއަށް ގެންދަވާނެ ގޮތުގެ އައު ތާވަލެއް އެކުލަވާލާފައެވެ. އެގޮތުން ތިން އަޑުއެހުމެއް ތާވަލު ކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް ދިފާއީ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.

Advertisement

އޭގެ އިތުރުން، އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލު ކޮށްފައިވާއިރު، އެއަށްފަހު މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް އަޑުއެހުން ބާއްވާނެއެވެ.

ޔާމީން މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ 23 އޭޕްރީލްވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް