ކ. މާލެ
|
19 މެއި 2017 | ހުކުރު 00:32
ގދ. އަތޮޅު ޗެމްޕިއަން ޓީމް ތިނަދޫގެ ކުޅުންތެރިން ޝީލްޑާއެކު އުފާ ފާޅުކުރަނީ
ގދ. އަތޮޅު ޗެމްޕިއަން ޓީމް ތިނަދޫގެ ކުޅުންތެރިން ޝީލްޑާއެކު އުފާ ފާޅުކުރަނީ
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
ގދ. އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫއިން ހޯދައިފި
ތިނަދޫ މި ޒޯނުގެ ޗެމްޕިއަންކަން ހޯދީ މަޑަވެލި 0-3 އިން ބަލިކޮށްގެން
ތިނަދޫގެ ބިދޭސީ ފޯވަޑް ވަނީ އެޓީމު ކުޅުނު ކޮންމެ މެޗެއްގައި ލަނޑުޖަހާފަ

ގދ. މަޑަވެލި 0-3 އިން ބަލިކޮށް އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ތިނަދޫ އިން ހޯދައިފިއެވެ.

ތިނަދޫ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަފްރާދު އެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން ތިނަދޫ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް އިދިކޮޅު ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ރޮޑްރިގޭޒް ކަރެސްކޯގެ ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްދީފައެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ތިނަދޫ ޓީމުގެ ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޕެޗަރޮމަން އެވެ. އޭނާ ވަނީ މި މުބާރާތުގައި ތިނަދޫ ކުޅުނު ހަތަރު މެޗުގައި ހަތް ގޯލް ޖަހާފައެވެ.

ތިނަދޫ އިން އަތޮޅު ޗެމްޕިއަންކަން މިހޯދީ އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.

އަތޮޅު ޗެމްޕިއަން ތިނަދޫ ދެން ވާދަ ކުރާނީ ޒޯން ބުރުގައެވެ.

ގއ.އަތޮޅު ޗެމްޕިއަން ނިލަންދޫ އާއި ގދ.އަތޮޅުގެ ޗެމްޕިއަން ތިނަދޫ ހިމެނޭ ހަތްވަނަ ޒޯނުގައި މިދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗު އަންނަ އާދީއްތަ ދުވަހު އޮންނާނީ ތިނަދޫ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް