ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 22:48
ރަށް ރަށަށް ދާ މީހުންގެ އެންޓި ބޮޑީ ޓެސްޓު ހެދުން ކުރިއަށްދަނީ
ރަށް ރަށަށް ދާ މީހުންގެ އެންޓި ބޮޑީ ޓެސްޓު ހެދުން ކުރިއަށްދަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އިތުރު 137 މީހަކު ޕޮޒިޓިވްވެ، 246 މީހަކު ބަލިން ރަނގަޅުވެއްޖެ
 
1626 އެކްޓިވް ކޭސް ހިމެނޭ
 
މާލެ ސަރަހައްދުން 30 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 92 މީހުން ޕޮޒިޓިވްވެފައިވޭ
 
ރާއްޖެއިން މިހާތަނަށް 79،137 މީހުން ޕޮޒިޓިވްވެ، 77،277 މީހަކު ބަލިން ރަނގަޅުވެފައިވޭ

ކޮވިޑް-19ށް އިތުރު 137 މީހަކު ޕޮޒިޓިވްވެ، 246 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ށް 5151 ސާމްޕަލެއް ނަގާފައިވެއެވެ. މީގެ ތެރެއިން 137 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން 30 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 92 މީހުންނެވެ. އަދި ހިންގަމުންދާ ރިސޯޓުތަކުން 15 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 79،137 މީހުން ޕޮޒިޓިވްވެ، 77،277 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

1626 އެކްޓިވް ކޭސްހިމެނޭއިރު، 20 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 222 މީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު, އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ޕީސީއާރް ނެގެޓިވް ނަތީޖާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގައި ކޮވިޑް ޕޮޒިޓިވްވާ އަދަދު މަދުވުމުންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވެފައިވަނީ މެއި މަހުއެވެ. އެ މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަސް ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1101 މީހުންނެވެ. މެއި މަސް ނިމުނުއިރު ރާއްޖޭގައި މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 64،396 މީހުންނެވެ. ޖެހިގެން އައި ޖޫން މަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 9402 މީހުންނެވެ. ކޮވިޑް-19ގެ ތިންވަނަ ރާޅަށްފަހު ކޭސްތައް ވަކިވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް ކޮވިޑް-19ގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ވެކްސިނޭޝަން ޕްރޮގްރާމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާއިރު، ލަސްނުކޮށް ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް ސަރުކާރުން ގޮވާލާފައިވެއެވެ. މިމަސް ނިމުމުގެ ކުރިން އާބާދީގެ 90 އިންސައްތައަށް ވެކްސިން ދިނުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް