ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 21:35
ޑައިމަންޑްސް އަތުރުގަ މޯލްޑިވްސް ބީޗް އެންޑް ވޯޓަރ ވިލާ
ޑައިމަންޑްސް އަތުރުގަ މޯލްޑިވްސް ބީޗް އެންޑް ވޯޓަރ ވިލާ
ޑައިމަންޑްސް އަތުރުގަ ރިސޯޓުގެ އަލިފާނުގެ ހާދިސާ
ޑައިމަންޑްސް އަތުރުގަ މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
 
އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައި
 
މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ

ޑައިމަންޑްސް އަތުރުގަ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ, ޑައިމަންޑްސް އަތުރުގަ މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެރޭ 20:22 އެހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފްގެ ފަޔަރ ޓީމުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަހަކަށް އައިސް ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. ހޮނިހިރު ދުވަހުގެރޭ ދ. ނިޔާމަ ރިސޯޓުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ ވޯޓަރވިލާއެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް