ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 13:13
ރައްޔިތުންގެ މަޖިލިސް - މި އަހަރުގެ ތިން ވަނަ ޖަލްސާ ފަށާނީ އޮގަސްޓް 16 ގައި
ރައްޔިތުންގެ މަޖިލިސް - މި އަހަރުގެ ތިން ވަނަ ޖަލްސާ ފަށާނީ އޮގަސްޓް 16 ގައި
ޝިއުނާ ސޯލިހް
މަޖިލީހުގެ ތިންވަނަ ދައުރު ފެށުން
ޗުއްޓީއަށްފަހު މި އަހަރުގެ ތިންވަނަ ދައުރު ފަށަނީ
 
މަޖިލިސް ޗުއްޓީއަށް ދިޔައީ 8 ޖުލައިގައި
 
އެޖެންޑާ ކޮށްފައިވަނީ މައިގަނޑު ހަތަރު މަސައްކަތެއް

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ހެނދުނު 9:00 ގައި ފަށާ، ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ހަތަރު މަސައްކަތެވެ. އެއީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ކޮމިޓީއަށް ފޮނުވުން، އިލެކްޝަން ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅުތަކަށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުން، ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލުގެ އިބްތިދާއީ ބަހުސެވެ. އަދި ތިމާވެށި ހިމާޔަތްކޮށް ރއްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށް ވެސް އެޖެންޑާ ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ޖުމްލަ 22 ޖަލްސާ ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ދެވަނަ ދައުރުގައި މަޖިލީހުން ކުރުމަށް 104 މަސައްކަތެއް އޮތެވެ. އެއީ ފުރަތަމަ ދައުރުން ދެވަނަ ދައުރަށް އައިސްފައިވާ 54 މަސައްކަތާއި، ދެވަނަ ދައުރަށް ހުށަހަޅާފައިވާ 50 މަސައްކަތެވެ. މީގެތެރެއިން 41 މަސައްކަތް ނިމިފައިވާއިރު، ނުނިންމާ 63 މަސައްކަތެއްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް