ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 23:31
ދ. ނިޔާމަ ރިސޯޓުގައި 2018 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ
ދ. ނިޔާމަ ރިސޯޓުގައި 2018 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ
ނިޔާމަ ރިސޯޓުގެ އަލިފާނުގެ ހާދިސާ
ދ. ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
 
އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި
 
ކޮޓަރީގެ މަތިވަޑާންގަނޑާއެކު ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފައި
 
ހާދިސާ ހިނގީ ވޯޓަރ ވިލާއެއްގެ ކޮޓަރިއެއްގައި

ދ. ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ވޯޓރވިލާއެއްގެ ކޮޓަރިއެއްގައި ރޯވެގެން ކަމަށެވެ.

މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 08:50 އެހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެރޭގެ 9:20 އެހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

މި ހާދިސާގައި އެ ކޮޓަރީގެ މަތިވަޑާންގަނޑާއެކު ބޮޑު ބައެއް އަނދައިގެން ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައިވާކަމެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މަައުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 5 ކޮޓަރީގެ ވޯޓަރ ވިލާއެއްގެ ތެރެއިން ކޮޓަރިއެއްގައެވެ. މިތަނުން އިތުރު ކޮޓަރިއަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި