ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 12:48
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު،
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު،
ރާއްޖެއެމްވީ
ހިޔާ މަޝްރޫއުގެ ކުލި
ހިޔާ ފްލެޓްތަކުގެ ކުލި ކުޑައެއް ނުކުރެވޭނެ: ސުހައިލް
 
ފްލެޓުތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ބައެއް މީހުން އެދެމުންދޭ
 
ކުލި ކުޑަކޮށްފިނަމަ ލޯނު ދެއްކުމަށް ވަރަށް ދަތިވާނެ
 
ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ހުރަވީ ސްކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ ކުއްޔަކީ 7500 ރުފިޔާ ކަމަށާއި، ކުލި ކުޑަކޮށްފި ކަމަށްވާނަމަ ލޯނު ދެއްކުމަށް ވަރަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން ކުލި ކުޑަކުރެވެން ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ލުއި ދެވެން ހުރި ކަންކަމުގައި ލުއިތައް ދީފައިވާ ކަމަށެވެ.

ކުލި ކުޑަ ކުރަން އަޅުގަނޑުމެން ކުރިން ވެސް ދަންނަވާފައިވާނީ ލޯނު ދެއްކުމަށް މިކުލީގައި ނޫނީ އަޅުގަނޑުމެންނަށް ނެތް ލޯނު ދެއްކޭކަށް. އަދި އިތުރު ބަދަލެއް އައިސްފައި ނެތް އެކަމަކަށް. ހަމަ ކުރިން ކަނޑައެޅިފައި އޮތް ގޮތަށް 7500 ރުފިޔާ މަހަކު.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށް ސުހައިލް ވިދާޅުވެފައިވާއިރު، ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން ސުލްހަވެރި އެއްވުމެއް ހުކުރު ދުވަހުގެ ހަވީރު ބާއްވާފައިވެއެވެ. މި އެއްވުމުގައި ހިޔާ ފްލެޓުތައް ލިބުނު ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެމީހުން ވަނީ މި އެއްވުމުގައި ބައިވެރިވެ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މި އެއްވުމުގައި މައިގަނޑުގޮތެއްގައި 3 ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި، ގްރޭސް ޕީރިއަޑުގެ ގޮތުގައި ދޭ މުއްދަތު އިތުރުކޮށްދިނުމަށާއި، ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކަނޑައިދިނުމެވެ. އެގޮތުން ގްރޭސް ޕީރިއަޑުގެ ގޮތުގައި ދޭ މުއްދަތު 12 މަހަށް އިތުރުކޮށްދިނުމަށް އެދޭ ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ. އަދި ފްލެޓުތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށާއި، އަމިއްލައަށް އިންޓީރިއާ މަސައްކަތްތައް ކުރަންޖެހޭތީ ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކަނޑައިދިނުމަށް އެދޭ ކަމަށެވެ.

މި ކަންކަމަށް ހައްލު ހޯދައިދިނުމަށް އެދި ޖޫން މަހުގެ 1 ވަނަ ދުވަހު، 2،177 މީހުންގެ ސޮޔާއި އެކު ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. ނަމަވެސް ރައީސް އޮފީހުން ޖަވާބެއް ދީފައިނުވާކަން ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
0%
67%
0%
ކޮމެންޓް