Advertisement
ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 13:58
އުމަރު ނަސީރު - ކުރީގެ ހޯމް މިނިސްޓަރު
އުމަރު ނަސީރު - ކުރީގެ ހޯމް މިނިސްޓަރު
ހޯމް މިނިސްޓްރީ
މޮނިކޮން ޓެގް އެއްބަސްވުން
އުމަރުގެ ވަޒީރުކަމުގައި ފެށި ޓެގްއެޅުވުން: ކަންބޮޑުވުންތަކާއެކު އެއްބަސްވުން ނިމުމަަކަށް
ފައިގައި އެޅުވުމަށް ބޭނުން ކުރާ ޓެގް ހުސްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައި
ތަކެތި ނެތް ކަމަށްވާނަމަ ސަރުކާރުން އެ ތަކެތި ވިއްކާލިކަމުގެ ތުހުމަތު ވެސް އުމަރު ވަނީ ކުރައްވާފައި
އެއްބަސްވުން ސަރުކާރުން ނިމުމަކަށް ގެނެސްފައި މި ވަނީ، އެއްބަސްވުން އެކުލަވާލުމާއި، ތަންފީޒުކުރުމުގައި ހުރި ކަންބޮޑުވުންތަކަކާއެކުގައި

އުމަރު ނަސީރުގެ ވަޒީރުކަމުގައި މޮނިކޮން އަމުރުގެ ދަށުން ޓެގްއެޅުވުމަށް ބަޔަކާއެކު ވެފައިވާ އެއްބަސްވުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭކަމަށް ފާހަގަކުރެވިގެން އެ އެއްބަސްވުން ސަރުކާރުން ނިމުމަކަށް ގެނެސްފައިވާކަމަަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، މި އެއްބަސްވުން ސަރުކާރުން ނިމުމަކަށް ގެނެސްފައި މިވަނީ، އެ އެއްބަސްވުން އެކުލަވާލުމާއި، ތަންފީޒުކުރުމުގައި ހުރި ކަންބޮޑުވުންތަކެއް ވެސް ފާހަގަކުރެވިފައިވުމުންނެވެ. އުމަރު ނަސީރުގެ ވަޒީރު ކަމުގައި 2015 ވަނަ އަހަރު މި އެއްބަސްވުން އެކުލަވައިލާފައިވަނީ ސްޓެލްވަރޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެކުގައެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ސަރުކާރަށް އިލެކްޓްރޯނިކް ޓެގް ފޯރުކޮށްދީ، ޓެގްގެ މުއްދަތު ހަމަވުމުން އެ ނައްތާލަން ޖެހެއެވެ.

ފައިގައި އެޅުވުމަށް ބޭނުން ކުރާ އިލެކްޓްރޯނިކް ޓެގް ހުސްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޭ 6 ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement

އެއްބަސްވުން ސަރުކާރުން ނިމުމަކަށް ގެނެސްފައިވާއިރު، މި ދަނޑިވަޅަކީ، ޓެގް އެޅުވުމާ ގުޅޭ ގޮތުން ކުރީގެ ވަޒީރު އުމަރު ނަސީރަށް ނޫސްވެރިން ގެ ސުވާލުތައް އަމާޒުވާ ދަނޑިވަޅެކެވެ. އެގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވެފައިވަނީ، ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުން ކުރާ “މޮނިކޮން ޓެގް” ނެތޭ ބުނުމަކީ ހިނި އަންނަ ވަރުގެ ކަމެއް ކަމަށެވެ.

އޭނާ ހޯމް މިނިސްޓަރު ކަމުން ވަކިވީ ވަސީލަތްތައް ގާއިމުކޮށްފައި ކަމަށާއި، ޓެގާއި، ޖޭމަރު ވެސް އެތަނުގައި ހުންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެ ތަކެތި ނެތް ކަމަށްވާނަމަ ސަރުކާރުން އެ ތަކެތި ވިއްކާލި ކަމުގެ ތުހުމަތު ވެސް އުމަރުވަނީ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް