ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 07:51
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ޖެހުން
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ޖެހުން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން
ބުދަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ 1،169 މީހުން
ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ހުރަސްތަކެއް ވަނީ އަޅާފައި
ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 292،905
ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 341،009ށް އަރާފައި

ބުދަ ދުވަހު އިތުރު 1،169 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އިތުރު 1،169 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު, މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 608 މީހުންނާއި އަތޮޅުތަކުން ދެވަނަ ޑޯޒް ފުރިހަމަކުރި 561 މީހުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އަތޮޅު ތެރެއިން އިތުރު 573 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 456 މީހުންނެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 341،009ށް އަރާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 292،905 އެވެ. ވެކްސިން ޖެހުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި 6 ވެކްސިނޭޝަން ސެންޓަރު އަދި 3 މޯބައިލް ޓީމް ހަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މިހާރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް ރަށްތަކުން ފެންނަ ކޭސްތަކުގެ އަދަދު މިވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި ފަސް ދުވަހަށް ބަލާއިރު ރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 60ށް ވުރެ މައްޗަށް އަރާފައެވެ. މިކަމާ ގުޅިގެން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން އައުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެ ރަށެއްގެ ރައްޔިތުންގެ އިތުރުން ކައުންސިލްތަކުން ވެސް މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް އޮފިޝަލް ވިދާޅުވީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާނަމަ ކޭސްތައް މިހާރު ހުރި މިންވަރަށް ވުރެ ވެސް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

ގެސްޓް ހައުސްތައް ހުންނަ ރަށްރަށަށް ޝަރުތުތަކަކާއެކު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިންނަށް ޖުލައި 26 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާނަމަ އެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް