ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 08:08
ކުރީގެ ރައީސް ނަޝީދު ސީ.އެން.އެން.އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން
ކުރީގެ ރައީސް ނަޝީދު ސީ.އެން.އެން.އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން
ސީ.އެން.އެން
އައި.ޕީ.ސީ.ސީގެ އައު ރިޕޯޓް
ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކުން ދަރަނި ކުޑަކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ޚަރަދު އިތުރުކުރަންޖެހޭ: ނަޝީދު
އިއާދަކުރަނިވި ހަކަތައަށް ކުރާ ޚަރަދު އިތުރުކޮށް މި ނިޒާމުތައް ތަރައްޤީކުރުން އަވަސްކުރުމަށް ގޮވާލެއްވި
ކޮޕް26 އަކީ ފުރާނާއާއި މުޅި ދުނިޔެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޒަރޫރީ ނިންމުންތަކެއް ނިންމައި، އެތައްގޮތަކުން ޚާއްސަ ސަމިޓެއް ކަމަށް ވިދާޅުވި
ޒަމާނީ ނިޒާމުތައް ތަރައްޤީކުރުމަށް ސައިންސްގެ ހޯދުންތައް ހެދުމަށްކުރާ ޚަރަދު އިތުރުކުރުން މުހިންމުކަމަށް ވިދާޅުވި

ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކުން ދަރަނި ކުޑަކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ޚަރަދު އިތުރުކުރަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލް، ސީއެންއެންއަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް ނަޝީދު ވަނީ މޫސުމީ ބަދަލުތަކުން ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކަށް އޮތް ނުރައްކަލާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އަލަށް ހާމަކުރި އައި.ޕީ.ސީ.ސީގެ އައު ރިޕޯޓުން ފާހަގަވިކަންކަން ވަނީ ހާމަކުރައްވާފައެވެ. އައި.ޕީ.ސީ.ސީގެ އައު ރިޕޯޓްގައިވާގޮތުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތައް އޮތީ ތިމާވެށީގެ ނުރައްކަލުގެ ތުންފަތްމަތީގައިކަން ކަށަވަރުވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އދ.ގެ މެމްބަރު ޤައުމުތައް ހިމެނޭ އިންޓަރ-ގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، އައި.ޕީ.ސީ.ސީގެ އައު ރިޕޯޓުގައި 14،000 ކަރުދާސް ހިމެނެއެވެ. މިފަހަރުގެ ރިޕޯޓްގައި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ބޮޑުކަން ހާމަވެފައިވެއެވެ. މި ރިޕޯޓްގައި ޖައްވަށް ވިހަ ގޭސް ބޭރުކުރާ ޤައުމުތަކުން ކުރާ މަސައްކަތް ގިނަކުރަންޖެހޭނެކަމަށް ވަނީ ބުނެފައެވެ. މި ރިޕޯޓުގައި މިހާ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކަށް އޮތް ނުރައްކާ އިހުންނަށްވުރެ ބޮޑުވެފައިވާކަން ބައިނަލްއަޤްވާމީ ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށް ވަނީ އަރާފައެވެ. މި ސަބަބައްޓަކައި، ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކުން ދަރަނި ކުޑަކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ޚަރަދު އިތުރުކުރަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ވަނީ ނާޒުކު ރިމާވެއްޓެއް ލިބިގެންވާ ޤައުމުތަކަކީ ދަރަނި ބޮޑު ޤައުމުތަކެއްކަން ފާހަގަކުރައްވާފައެވެ. މި ފަދަ ޙާލަތެއްގައި އެ ޤައުމުތައް އޮތް އިރު، މޫސުމީ އަސަރު ކުޑަކުރުމަށް ތަރައްޤީކުރާ ނިޒާމުތައް ޤާއިމުކުރުމަކީ ޚަރަދު ބޮޑު ކަމަކަށްވުމީ ބޮޑު ހުރަހެއްކަމަށް ނަޝީދު ވިދާޅުވިއެވެ. މި ޤައުމުތަކުން ބޮޑެތި ދަރަނިތަކާއެކު ލޯނު ނެގި އިރު މޫސުމީ ބަދަލުތައް އަންނަކަމަށް ބެލެވުނުވަރަށްވުރެ އަވަހަށް މިކަން ހިނގާކަން ހާމަވުމަކީ މި މަސައްކަތް ހަލުވިކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. މިހާރު ވެސް މި ޤައުމުތަކުން އެ ޤައުމުތަކުގެ ބަޖެޓްގެ 30 އިންސައްތަ މިފަދަ ނިޒާމުތައް ތަރައްޤީކުރުމަށް ހޭދަކުރާއިރު، ކުރިއަށް އޮތް ތަނުގައި ނުރަނގަޅަށް ކުރެވުނު ކަންކަން އިސްލާހުކުރުން އަވަސްކުރުމަށް ގޮވާލެއްވިއެވެ.

އިއާދަކުރަނިވި ހަކަތައަށްކުރާ ޚަރަދު އިތުރުކޮށް މި ނިޒާމުތައް ތަރައްޤީކުރުން އަވަސްކުރުމަށް ގޮވާލެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް މިކަންކަމުގެ ޒަމާނީ ނިޒާމުތައް ތަރައްޤީކުރުމަށް ސައިންސްގެ ހޯދުންތައް ހޯދުމަށްކުރާ ޚަރަދު އިތުރުކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މި އަހަރުގެ ކޮޕް26 އަކީ ފުރާނާއާއި މުޅި ދުނިޔެ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ޒަރޫރީ ނިންމުންތަކެއް ނިންމައި، އެތައްގޮތަކުން ޚާއްސަ ސަމިޓެއް ކަމަށެވެ.

ނާޒުކު ރިމާވެއްޓެއް ލިބިގެންވާ ޤައުމުތަކަކީ ދަރަނި ބޮޑު ޤައުމުތަކެއް. މި ފަދަ ޙާލަތެއްގައި އެ ޤައުމުތައް އޮތް އިރު، މޫސުމީ އަސަރު ކުޑަކުރުމަށް ތަރައްޤީކުރާ ނިޒާމުތައް ޤާއިމުކުރުމަކީ ޚަރަދު ބޮޑުކަމެއް. މިހާރުވެސް މި ޤައުމުތަކުން އެ ޤައުމުތަކުގެ ބަޖެޓްގެ 30 އިންސައްތަ މިފަދަ ނިޒާމުތައްކަމަށްވާ ތޮށި ލުމާއި، ގިރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ތަރައްޤީކުރުމަށް ހޭދަކުރޭ. ވަކިން ޚާއްސަކޮށް މިކަންކަމުގެ ޒަމާނީ ނިޒާމުތައް ތަރައްޤީކުރުމަށް ސައިންސްގެ ހޯދުންތައް ހޯދުމަށްކުރާ ޚަރަދު އިތުރުކުރުން ކޮންމެހެން މުހިންމު.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އައި.ޕީ.ސީ.ސީގެ އައު ރިޕޯޓްގައި ރާއްޖެއަށް ތިމާވެށީގެ ނުރައްކާ ބޮޑު ވާނެކަމަށް ބެލެވިފައިވެއެވެ. މި ފަދަ ރިޕޯޓެއް އެންމެ ފަހުން އާންމުކޮށްފައިވަނީ 2013 އަހަރުއެވެ. އެ އަހަރުގެ ރިޕޯޓްގައި ވަނީ ދުނިޔެ ހޫނުވަމުން އަންނަނީ ސައިންސްވެރިންނާއި ގައުމުތަކުގެ ވެރިން ކުރިން ބުނެފައިވާ ވަރަށް ވުރެ ދެބައިކުޅަ އެއްބައި ކުޑަ މިންވަރަކަށް ކަމަށެވެ. ދުނިޔެ ހޫނުވަމުން ދަނީ ކަމަށް އައިޕީސީސީ އިން 2007 ވަނަ އަހަރު އާއްމުކުރި ރިޕޯޓްގައި ބުނެފައިވާ މިންވަރަށް ވުރެ ދެބައި ކުޅަ އެއްބައި ކުޑަ މިންވަރަކަށް ކަން ވަނީ އޭރު ހާމަވެފައެވެ.

އައިޕީސީސީ އިން 2007 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔޭގެ ފިނިހޫނުމިން ކޮންމެ 10 އަހަރަކުން 0.2 ޑިގްރީ ސެލްސިއަސްއަށް މަތިވަމުން އަންނަ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ އަންދާޒާ އަކީ ކޮމްޕިއުޓަރ ކްލައިމެޓް މޮޑެލް ބޭނުންކޮށްގެން ކޮށްފައިވާ އަންދާޒާއެއް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ލީކްވެފައިވާ ފަހުގެ ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔޭގެ ފިނި ހޫނުމިން މަތިވަމުން ގޮސްފައި ވަނީ ދި އަހަރަކުން 0.12 ސެލްސިއަސްގެ ރޭޓުން ކަމަށެވެ. ކޮޕް26ގެ ތެރެއިން އައިޕީސީސީ އިން ތައްޔަރުކުރި ރިޕޯޓްގައި ބިނާކޮށްފައިވާ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިއްޖެ ނަމަ ވާނެ ގެއްލުންތަކުގެ މައްޗަށް މަޝްވަރާކުރާނެއެވެ.

ކުރީގެ ރައީސް ނަޝީދަކީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް އަހުލުވެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ގިނަ މަސައްކަތްތައް ކުރައްވާ ލީޑަރެކެވެ. އެގޮތުން ރައީސް ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ވުޖޫދަށް ގެނައުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ފައުންޑިންގ ޗެއަރއެވެ. އަދި އެމަނިކުފާނު މިހާރު ވެސް ދަނީ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންކަން ވެސް ފުރުއްވަމުންނެވެ.

- ކޮމެންޓް