ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 19:04
ރާއްޖޭގެ ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދު
ރާއްޖޭގެ ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދު
މުހައްމަދު ޝަރުހާން
ދިޔާނާ ސައީދު
"ޖާ ގެ ދިޔާނާ" ސިންގަލް!
 
އެއްވެސް މީހެއްގެ އަނތްބެއް ނޫންކަން ހާމަކުރައްވާފައި ވަނީ ޓްވިޓަރ މެދުވެރިކޮށް

ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދަކީ މިހާރު އެއްވެސް މީހެއްގެ އަނތްބެއް ނޫން ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން މިހާރު އެއީ އެވެސް މީހެއްގެ އަނތްބެއް ނޫންކަމަށް ހާމަކުރައްވާފައި ވަނީ ޓްވިޓަރ މެދުވެރިކޮށެވެ. އެގޮތުން އެކަމަނާ ޓެގްކުރައްވާ ރާއްޖޭގެ ސިޔާސީ އަދި ވިޔަފާރިވެރިންގެ ތެރެއިން ބޭފުޅެއްގެ އަނބިކަބަލެއް ކަމަށް ވިދާޅުވެ މީހަކު ކޮށްފައިވާ ޓުވީޓަކަށް ރައްދުދެވަމުން އެބަސް އެކަމަނާއަށް ރައްދު ނުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ދިޔާނާ މިގޮތަށް ވިދާޅުވެފައި ވާއިރު، މީގެ ކުރިން މެމްބަރު ޖާބިރު ވަނީ ދުވަހަކުވެސް އެކަމަނާ ވަރި ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެދެމަފިރިން އުޅެމުން ދަނީ ވަރަށް ލޯބިން ކަމަށާއި އެކަމަނާއަށް ގޮތެއް ވެއްޖެނަމަ ވަރަށް ދެރަވާނެ ކަމަށް އެކި ފަހަރުމަތިން ވަނީ ވިދާޅުވެފަވެއެވެ.

އޭގެ އިތުރުން ދިޔާނާވެސް ވަނީ އެކަމަނާގެ ޖާބިރުގެ ދިފާއުގައި އެކި ފަހަރުމަތިން ވާހަަކަދައްކަވާފައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޖާބިރުގެ ދިފާއުގައި ގިނަ ޓްވީޓުތައްވެސް އެކަމަނާ ވަނީ ކުރައްވާފައެވެ.

ވަކި ނުވާނެ ޖޯޑެއް ކަމަށް ގިނަ ބަޔަކުު ބުނަމުންދިޔަ މިޖޯޑު ވަކިވުމާއެކު އާންމުން ތިބީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
22%
24%
28%
9%
15%
3%
ކޮމެންޓް
13 އޯގަސްޓް 2021 | ހުކުރު 16:54
މައިނާރު
ރުހިޤަބޫލުތޯ އަހާލިން
13 އޯގަސްޓް 2021 | ހުކުރު 10:33
ޓީ
ދިޔާނާގެ ފޯން ނަމްބަރ ލިބިދާނެތޯ
13 އޯގަސްޓް 2021 | ހުކުރު 05:19
ޖާ
އަޅުގަނޑު ތިވާހަކަ އަޑު މިއެހީ ހިތާމަޔާއެކު އަޅުގަޑުގެ ދުވާޔަކީ ދިޔާނާ އައް އުފާވެރި ދިރިއުޅުމެ ލިބުން ހަމަ ޖާ އެކޮއް.
12 އޯގަސްޓް 2021 | ބުރާސްފަތި 20:30
ބޯހަލާކު
މިހާރު އަންހެނުން އެހެން ބުނީމަވެސް ވަރި ވޭތަ؟؟ 😳 މީހަކު އެއްޗެއް ބުނާއިރައް ހަމަ ގެއްލެނީ ތިއޮއް😂😂