ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 18:29
ކަރަން ޖޯހަރު
ކަރަން ޖޯހަރު
ގޫގުލް
ކަރަން ޖޯހަރު
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
 
ބްލެކްމެއިލް ކޮށްފައިވަނީ "ބާހްބަލީ2" ގެ އެޗްޑި ކޮޕީ ވިއްކުމަށް

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

އެ 6 މީހުން ހައްޔަރުކުރީ އިންޑިއާގެ ހައިދަރު އާބާދުން،  "ބާހްބަލީ2" ގެ އެޗްޑީ ކޮޕީ ވިއްކުމަށް އެދި ބްލެކްމެއިލް ކުރުމުންނެވެ. މީގެ އިތުރުން އިންޑިއާގެ ތިއޭޓާ އޯނަރަށްވެސް އެމީހުންވަނީ 15 ލައްކަ އިންޑިއަން ރުޕީސް ދިނުމަށް ބްލެކް މެއިލް ކޮށްފައެވެ.

މިހާރު މި ހަމީހުންގެ މައްޗައް ވަނީ ސައިބާ ކްރައިމްގެ ދައުވާ ކޮށްފައެވެ. ކަރަން ޖޯހަރަކީ "ބާހްބަލީ2" ގެ ހިންދީ ވާޝަން ޑަބް ކުރި ޕްރޮޑިއުސަރެވެ.

"ބާހްބަލީ 2" އަޅުވާފައި ވަނީ 9000 ސްކްރީނެއްގައެވެ. އިންޑިއާގެ 6،500 ސިނަމާގައި އަޅުވާފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި ވަނީ އެ ފިލްމު އަޅުވާފައެވެ.

އެ ފިލްމަށް މިހާރު ވަނީ 1500 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ.

އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް