ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 18:23
އަބީޝެކް ބައްޗަން އަދި އައިޝްވަރްޔާ ރާއީ
އަބީޝެކް ބައްޗަން އަދި އައިޝްވަރްޔާ ރާއީ
ގޫގުލް
ގުލާބު ޖާމުން
އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި
އެ ފިލްމު ދޫކޮށްލާފައިވަނީ ފިލްމުގެ ސްކްރިޕްޓާ މެދު އެމީހުން ހިތްހަމަނުޖެހުމުން

ހަތް އަހަރަށްފަހު އައިޝްވަރިޔާއާއި އަބީޝެކް އެކީގައި ފެންނާނެ ކަމަށް ބުނާ "ގުލާބު ޖާމުން" ދޫކޮށްލައިފިކަމަށް ބުނެފިއެވެ.

އެންމެ ފަހުން ދެ ތަރިން އެކީގައި ފެނިފައިވަނީ ދެހާސް ހަތްވަނަ އަހަރު އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނިކުރި ފަހުން "ރާވަން" އާއި "ސަރްކާރް 2" އިންނެވެ.  

މި ދެތަރިން ފެންނާނީ އަނޫރާގް ކަޝްޔަޕްގެ "ގުލާބް ޖާމުން" އިންކަމަށް އަޑުއަރާފައި ވީނަމަވެސް އެ ފިލްމު ދޫކޮށްލާފައިވަނީ ފިލްމުގެ ސްކްރިޕްޓާ މެދު އެމީހުން ހިތްހަމަނުޖެހުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އައިޝްވާރިޔާ އާއި އަބީޝެކް މި ފިލްމު ދޫކޮށްލުމުން، ފިލްމުގެ ލީޑްރޯލު ކުޅޭނެ ތަރިން ހޯދުމުގެ މަސައްކަތް ފިލްމު އުފައްދާ ފަރާތުން ވަނީ ފަށާފަ އެވެ.

"ގުލާބް ޖާމުން"ންގެ ޑައިރެކްޓަރަކީ ސަރްވޭޝް މެވާރާ އެވެ. މި ފިލްމުގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ބަތަލާ ހުމާ ގުރައިޝީ އަށެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ކައިވެންޏަށް މިއަހަރު ވަނީ 10 އަހަރު ފުރިފަ އެވެ.

އަބީޝެކް އާއި އައިޝްވަރިޔާ ފުރަތަމަ ބައްދަލުވީ މި ދެތަރިން އެކުގައި ކުޅުނު "ދާއި އަކްޝަރް ޕްރޭމް ކޭ"ގެ ސެޓުންނެވެ. އެއީ 2000 ވަނަ އަހަރެވެ. އޭގެ ފަހުން 2003 ގައި "ކުޗް ނާ ކަހޯ" ގައި ވެސް އެކުގައި މަސައްކަތް ކުރި އެވެ. އައިޝްރިޔާ އާއި އަބީޝެކްގެ ކައިވެނި އޮތީ އޭޕްރީލް 20، 2007 ގަ އެވެ.

- ކޮމެންޓް