ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 23:45
ެއެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ެއެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ގައުމީ މަޖިލީސް
އެމްޑީޕީ ގައުމީ މަޖިލީހުގެ ކޯރަމް ގެއްލިއްޖެ
 
ބައްދަލުވުން ނިންމާލަން ޖެހުނީ ކޯރަމް ގެއްލި، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަދަދު 34ށް މަދުވުމުން
 
އެމްޑީޕީ ގައުމީ މަޖިލީހަކީ 100ށް ވުރެ ގިނަ މެމްބަރުން ހިމެނޭ މަޖިލީހެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ ކޯރަމް ގެއްލިއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުން މިފަހަކަށް އައިސް ކޮންމެ ހަފްތާއަކު ބައްވަމުން އަންނައިރު، މި ބައްދަލުވުންތަކަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިޔަށްދާގޮތް ބެލުމަށް އުފެއްދި "މޭ ހައެއް" ކޮމެޓީގެ ހޯދުންތަކުގެ މައުލޫމާތު ގައުމީ މަޖިލީހާ ހިއްސާ ކުރުމަށް ބާއްވަމުން ގެންދާ ބައްދަލުވުންތަކެކެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާއިރު، އެމްޑީޕީ ގައުމީ މަޖިލީހަކީ 100ށް ވުރެ ގިނަ މެމްބަރުން ހިމެނޭ މަޖިލީހެކެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެންމެ 38 މެމްބަރުންނެވެ. ގައުމީ މަޖިލީހުގެ ކޯރަމަކީ 37 މެމްބަރުންނެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ހުށަހެޅުނު ދެ ހުށަހެޅުމަކަށް ވޯޓަށް އަހަން ރިޔާސަތުން ބެލިއިރު، ކޯރަމް ވަނީ ގެއްލިފައެވެ. އެގޮތުން ބައްދަލުވުން ނިންމާލަން ޖެހުނީ ކޯރަމް ގެއްލި, ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަދަދު 34ށް މަދުވުމުންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރުން ވަނީ ގައުމީ މަޖިލީހުގައި މި ފަހަކަށް އައިސް ބައިވެރިވަމުން އަންނަ މެމްބަރުންގެ އަދަދު މަދުކަން ފާހަގަކޮށް, އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ ގައުމީ މަޖިލީހުގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވާތީ އެކަމާ ފާޑުވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
50%
0%
13%
25%
0%
ކޮމެންޓް