ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 12:17
މުހައްމަދު ހަމީދު - ކޮމިޝަނަރ އޮފް ޕޮލިސް
މުހައްމަދު ހަމީދު - ކޮމިޝަނަރ އޮފް ޕޮލިސް
ޕޮލިސް
ފުލުހުންގެ ގާބިލުކަން ކަށަވަރުކުރުން
ފިޔަވަޅު އަޅަން ލަފާދީފައިވާ ފުލުހުން ކަމަށްބުނެ ދައުރުވާ ލިސްޓް ޞައްޚައެއް ނޫން - ފުލުހުން
 
ފުލުހުންގެ ބޯޑުން އެކުލަވާލި ރިޕޯޓު މިހާރު ވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް އަރުވާފައި
 
އައު ގާނޫނަށް އަމަލުކުރުމުގެ ކުރިން ފުލުހުންގެ އިސް ސަފުގައި ތިބީ ގާބިލު ބައެއްތޯ ކަށަވަރު ކުރަން ޖެހޭ
 
ލިސްޓުގައި ހިމެނޭ ބައެއް އޮފިސަރުންނަކީ އެ ފުލުހުންނާ މެދު ޕޮލިސް ބޯޑުން ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ އިޖުރާޢަތު ހިންގި ފަރާތްތަކެއް ނޫން

ފިޔަވަޅު އަޅަން ލަފާ ދީފައިވާ ފުލުހުން ކަމަށްބުނެ ބައެއް މީޑިއާތަކުން އާއްމު ކޮށްފައިވަނީ ޞައްޚަ ލިސްޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބައެއް އޮފިސަރުންނަކީ އެ ފުލުހުންނާ މެދު ޕޮލިސް ބޯޑުން، ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ އިޖުރާޢަތު ހިންގި ފަރާތްތައް ނޫން ކަމަށެވެ. އަދި އެއީ ޕޮލިސް ބޯޑުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކުގެ ޞައްޚަ ލިސްޓެއް ނޫންކަން ކަށަވަރުކޮށްދޭކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބޯޑުން އެކުލަވާލި ރިޕޯޓު މިހާރު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަރުވާފައެވެ. މި ރިޕޯޓް ސީޕީއަށް އަރުވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

މިއީ ފުލުހުންގެ އައު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސް ސަފުގައި ތިބީ ގާބިލު ބައެއްތޯ ކަށަވަރުކުރުމަށް ފުލުހުންގެ ބޯޑާ މަތިކޮށްފައިވާ ޒިންމާގެ ދަށުން، ފުލުހުންގެ ބޯޑު އައްޔަންކުރާ ތާރީޚުން ފެށިފެން 04 މަސްދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފުލުހުންގެ އައު ގާނޫނަށް އަމަލުކުރުމުގެ ކުރިން ފުލުހުންގެ އިސް ސަފުގައި ތިބީ ގާބިލު ބައެއްތޯ ކަށަވަރު ކުރަން ޖެހެއެވެ.

އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ އެ އޮފިސަރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ފުލުހުންގެ ބޯޑުން ގޮތެއް ކަނޑައަޅަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް