ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 08:26
ޠާލިބާން ހަނގުރާމަވެރިން ޕިއުލް-އެ-ކުމާރީ ސިޓީގެ މަގުތަކުގައި
ޠާލިބާން ހަނގުރާމަވެރިން ޕިއުލް-އެ-ކުމާރީ ސިޓީގެ މަގުތަކުގައި
ރޮއިޓަރސް
ޠާލިބާން - އަފްޣާން
އަފްޣާން ލީޑަރުން އެމީހުންގެ ހައްގު ހޯދަން މަސައްކަތް ކުރަން ޖެހޭ - ބައިޑެން
ފާއިތުވި 20 އަހަރުގެ ތެރޭގައި 1 ޓްރިލިއަނަށްވުރެ ގިނަ ޑޮލަރު އަފްޣާންގައި ތިބި އެމެރިކާ ސިފައިންނަށް ޚަރަދު ކުރި
އެމެރިކާއާއި ނޭޓޯ ސިފައި އެ ގައުމުން ބޭލުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވުމެއް ނެތް
ޠާލިބާނުން އަފްޣާނިސްތާނުގެ 7 ސިޓީއެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފި

އަފްޣާން ލީޑަރުން އެމީހުންގެ ހައްގު ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައި މިވަނީ، 5 ދުވަހުގެތެރޭގައި ޠާލިބާނުން އަފްޣާނިސްތާނުގެ 7 ސިޓީއެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. ބައިޑެން ވިދާޅުވީ، އަފްޣާން ލީޑަރުން އެމީހުންގެ އުފަން ފަސްގަނޑަށްޓަކައި ހަނގުރާމަ ކުރަން ޖެހޭ ކަމަށެވެ. ނޮދާރން ޕްރޮވިންސް، ބަގްލާންގެ ވެރިކަން ކުރާ، ޕިއުލް-އެ-ކުމާރީ ސިޓީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ، އަންގާރަ ދުވަހުއެވެ.

ވަައިޓްހައުސްގައި ނޫސްވެރިންނާ ވާހަދައްކަވަމުން ބައިޑެން ވިދާޅުވީ، އަފްޣާން ސިފައިން، އެމީހުންގެ ގައުމު ސަލާމަތްކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެމެރިކާއާއި ނޭޓޯގެ ސިފައިން އެ ގައުމުން ބޭލުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވުމެއް ނެތްކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ. އެމެރިކާއިން ފާއިތުވި 20 އަހަރުގެ ތެރޭގައި 1 ޓްރިލިއަނަށްވުރެ ގިނަ ޑޮލަރު އަފްޣާންގައި ތިބި އެމެރިކާ ސިފައިންނަށް ޚަރަދު ކުރި ކަމަށާއި، އެތައް ސިފައިންގެ އޮފިސަރުންނެއްގެ ފުރާނަ އެ ހަނގުރާމައިގައި ހިނގައްޖެކަން ފާހަގަކުރެއްވިއެވެ.

ބައިޑެން ވިދާޅުވީ، އެމެރިކާއިން އަފްޣާން ރައްޔިތުންނަށް ދެމުންދާ އެހީއަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

ޠާލިބާނުންގެ އަމާޒު ހުރީ ސިޓީތަކުގައި ހުންނަ ސަރުކާރުގެ އިދާރާތަކަށެވެ. ބިރުވެރިކަން ބޮޑުވެ ރައްޔިތުންނަށް ވަނީ ގެއިން ބޭރަށް ނުކުތުމަށް ޖެހިލުވެފައެވެ. ގައުމު ދޫކޮށް ދިޔުން ވެސް މާ ރަނގަޅުކަމަށް ރައްޔިތުންނާ ހަވާލާދީ ރޮއިޓާރސްގައި ރިޕޯޓު ކޮށްފައިވެއެވެ.

އިރުމަތީ ޕްރޮވިންސަކީ، ޠާލިބާންގެ ހަނގުރާމަވެރިން އެންމެ މަދުން އުޅޭ ސަރަހައްދެވެ. އެހެންކަމުން އެންމެ ހަމަޖެހުން ބޮޑު ސަރަހައްދަކަށް ވެސް ވެފައި އޮންނަނީ އެ ސަރަހައްދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް