ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 08:12
ހަކުރު ބަލީގެ ކުދިންނަށް ފަރުވާދިނުން
ހަކުރު ބަލީގެ ކުދިންނަށް ފަރުވާދިނުން
ރާއްޖެއެމްވީ
ޑައިބެޓީސް ސޮސައިޓީގެ ޚިދުމަތް
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި މިހާތަނަށް 159 ކުއްޖަކު ރަޖިސްޓަރީ ވެފައިވޭ: ޝިރުހާނާ
 
ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ދަނީ މަސައްކަތް
 
ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށުން ނުލިބުމަކީ ކަންބޮޑުވުމެއް
 
އެކުދިންނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވޭ

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި މިހާތަނަށް 159 ކުއްޖަކު ރަޖިސްޓަރީ ވެފައިވާ ކަމަށާއި، އެކުދިންނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގައި ވަރަށް ދަތިވާ ކަމަށް ޑައިބެޓީސް ސޮސައިސިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިރުހާނާ ވިދާޅުވީ ސޮސައިޓީގެ މަސައްކަތްތައް ފަށައި ހަކުރު ބަލީގެ ކުދިންނަށް އެހީވާން ފެށި މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ބައެއް އާލާތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށާއި، ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށުން ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ޝިރުހާނާ ވިދާޅުވީ ރާއްޖެއިން ލިބެނީ އިންސިއުލިންނާއި ވައިލްސް އަދި ސިރިންޖު ކަމަށެވެ. ކުރެވުނު ބުރަ މަސައްކަތުން އިންސިއުލިން ޕެން ލިބިފައިވާކަން ފާހަގަކުރައްވައި ޝިރުހާނާ ވިދާޅުވީ އިންސިއުލިން ޕެން ލިބިގެންދިޔައީ ސުނާމީއަށްފަހު ބޭރުގެ ޖަމުޢިއްޔާއެއް ކަމަށްވާ އިންސިއުލިން ފޯ ލައިފްއާ ގުޅުނު ހިސާބުން ކަމަށެވެ. މިއީ ބޭރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ހަކުރު ބަލީގެ ކުދިންނަށް ދިރިއުޅުން ފަސޭހަކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާރު އިންސިއުލިން ޕެން އާސަންދައިން ލިބޭ ގޮތް ހެދިފައިވާ ކަމަށެވެ. ނަމަވެސް ޓެކްނޮލިޖީއާއި އައު ހޯދުންތަކާއެކު އާލާތްތައް ހޯދުމަށް ދަތިވާ ކަމަށް ޝިރުހާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިރުހާނާ ވިދާޅުވީ ބައިނަލްއަގުވާމީ ޖަމުޢިއްޔާއާ ގުޅިގެން ކުރާ މަސައްކަތުގައި އެމީހުން ސަޕްލައި ފޮނުވަނީ އެ ކުއްޖާގެ އުމުރުން 21 އަހަރު ވަންދެން ކަމަށާއި، 21 އަހަރު ވުމުން އެ ޚިދުމަތްތައް ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސިއުލިން އެވައިލަބަލް ނޫނޭ ބުނެވޭކަށް އަޅުގަނޑުމެންނަށް ނެތް. އިންސިއުލިން އެވައިލަބަލް. އެކަމަކު ނިއު ޓެކްނޮލޮޖީއަކަށް އަޅުގަނޑުމެން މިފައިޓް ކުރަނީ އިނގޭތޯ. އެކުދިންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި ނުވަތަ ފަސޭހަކޮށް އުޅުމަށްޓަކައި ހޯދަން ޖެހޭ ވަސީލަތެއް ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަނީ. އެހެންވީމަ އެހާ ފަސޭހަކަަމަކަށް ނުވި އެކަމެއް އިނގޭތޯ. އެހެންވީމަ ވަރަށް ގިނަ މަސައްކަތަށްފަހު އަޅުގަނޑު ހަނދާން ވަނީ ގާތްގަނޑަކަށް މީގެ ހަތަރު ފަސް އަހަރެއް ކުރިންނޭ އިންސިއުލިން ޕެން އާސަންދައިގެ ދަށަށް ލެވޭވަރުވީ. ވަރަށް މަސައްކަތާއެކު. އިންސިއުލިން ޕެން އޭރު ލެވިފައި، އެކަމަކު އިންސިއުލިން ޕެންއަށް ޖަހާ ކައްޓެއް ވެސް ނުލެވޭ. އެހެންވީމަ ޕެން ހިލޭ މި ލިބެނީ. އެކަމަކު އެއަށް ޖަހަން ޖެހޭ ކަށި ގަންނަން މިޖެހެނީ. އެހެންވީމަ ވަރަށް މަސައްކަތް އެކަމަށް ކޮށްގެން ކަށި ލެވޭ ގޮތް ވެއްޖެ. އަދިވެސް މަސައްކަތް ކުރަމުން މިދަނީ ޓެސްޓިން ކިޓް ކިހިނެތްތޯ ލެވޭނީ
ޑައިބެޓީސް ސޮސައިސިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އައިޝަތު ޝިރުހާނާ

ޝިރުހާނާ ވިދާޅުވީ ހަކުރު ބަލީގެ ކުދިން އެކި ރަށްރަށުގައި ދިރިއުޅެމުންދާއިރު، އެކުދިންގެ ރިޕޯޓުތަކާއި ފަރުވާގެ ކަންކަން ބެލުމަށް ދަތިވާ ކަމަށެވެ. ނަމަވެސް ވީވަރަކުން އެ ކުދިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާތަނަށް ސޮސައިޓީގައި 159 ކުދިން ރަޖިސްޓަރީވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދަޢުލަތުގެ ލިޔެކިޔުންތަކުގެ ޒަރިއްޔާއިން ރައްޔިތުންނަށް ދައްކަނީ ބިރު: ޖީހާން
ޚަރަދު ކުޑަކުރަން ޖެހުމުގެ ވާހަކަ ދެކެވެނީ، ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދޭން ނުވަތަ، މަސްވެރިންނަށް ފައިސާ ދޭން ޖެހުމުން އެކަނި: އިސްމާއީލް
ސަރުކާރުން ހެސްކިޔާފައި ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު، ރައްޔިތުންނަށް ދަތުރުތަކާ ގުޅޭ މައުލޫމާތުތައް ކުރަނީ ސިއްރު: ޝާހިދު
ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މަޖިލިސް ހިންގާނީ ރައީސް އޮފީހުގެ ތެރެއިން: މެމްބަރު ނިޔާޒް
ރޯދަ މަހު އިންތިޚާބު ބާއްވަން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ތާއީދު ގެއްލެމުންދާތީ: ނިޔާޒު
މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤާނޫނާއެކު ޝަރީއަތަށް ނުގޮސް ފަސޭހައިން ބަދަލު ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެ: ޝުނާނާ
ހަގީގަތުގައި ޤައުމަށް ގައްދާރުވުމަކީ ދޮގު ވާހަކަ ދައްކައިގެން ޤައުމީ ސަލާމަތަށް ނުރައްކާކުރުން: މޫސަ
ގާނޫނީ ސަރުކާރަކުން ކުރާ މަސައްކަތްތަކަށް، އަލަށް އަންނަ ސަރުކާރުތަކުން އިހުތިރާމުކުރަންވާނެ: މެންބަރު އިކުރާމު