ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 06:42
މާލެ ސިޓީ، އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައި
މާލެ ސިޓީ، އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 110 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 78،578ށް!
 
މާލެ ސަރަހައްދުން 25 މީހުން ޕޮޒިޓިވްވެފައިވޭ
 
75،778 މީހަކު ބަލިން ރަނގަޅުވެފައިވޭ
 
5301 ސާމްޕަލެއް ނަގާފައިވޭ

ކޮވިޑް-19ށް އިތުރު 110 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 78،578ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 5301 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 110 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 25 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 72 މީހުން އަދި ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މިހާތަނަށް 78،578 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، 75،778 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

2562 އެކްޓިވް ކޭސް ހިމެނޭއިރު، 19 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާރު ފެންނަ ކޭހުގެ އަދަދު މަދުވެފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ލުއިތައް ވެސް ދޭން ފަށާފައެވެ. ރާއްޖެ މިހާރު އައު އާންމު ހާލަތަކަށް ދިޔަ ނަމަވެސް ކޮވިޑުގެ ނުރައްކާ އަތުވެދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރީ ވަރަށް ދަތިކަމުގެ ތެރޭގައި ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ, ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލައި ލުއިތައް ދެމުންދާ ކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަމާއި، މާސްކް އެޅުންފަދަ ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ތަންފީޒީ އިދާރާތަކާއެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިންސްޕެކްޝަންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޚިދުމަތްދޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން ވެސް މި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ގިނަ ތަކުލީފުތަކެއް ރައްޔިތުން އުފުލަން ޖެހުނުކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ އެހާލަތަށް ނުދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
11 އޯގަސްޓް 2021 | ބުދަ 08:16
ކަމަނަ
ޓެސްޓް ކުރުން ހުއްޓާލީމަ ޕޮޒިޓިވް ނުވާނެ.......ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހުއްޓާލައިގެން ނޫނީ މީހުން ކޮރަންޓީން ބަންދު ކުރުމުމުގެ ސިލްސިލާއަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ.......ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާއި މީހުން ބަންދު ކުރުމުގެ ސިލްސިލާއަށް ނިމުމެއް އައިސްގެން މެނުވީ ދިވެހީން ނަށް ހިންދެމިލައިގެން ދިރިއުޅުމަށްޓާ ކުރާ މަސައްކަތާއިގެން ކުރިޔަށް ދެވޭކަށް ނޯނޮނާނެ... ކޮންމެ ކަމެއް ކުރިއަސް އަދި އެއްކަމެއް ނުކުރިޔަސް ކޮވިޑްް ޖެހުން ހުއްޓުވާނުލެވޭނެކަން އެގިތިބެ ވަގުތާއި ފައިސާ ބޭކާރު ކުރުމުގެ ބޭނުމެއް ހަމަ ނުވިސްނުނު.....