ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 23:55
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި މަންދޫބު ޢައްބާސް ފާއިޒާއެކު ރައީސް ކުރިއަށްގެންދެވި ބައްދަލުވުމެއްގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި މަންދޫބު ޢައްބާސް ފާއިޒާއެކު ރައީސް ކުރިއަށްގެންދެވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
މޭ 6ގެ ހަަމަލާގެ ތަހުގީގު
ދެން އޮތީ މޭ 6ގެ ހަމަލާގެ ތަހުގީގުގެ ދެވަނަ ބައި - ޢައްބާސް
 
ފުލުހުން ދެން އަމާޒު ހިފަންވީ ހަމަލާގެ އަޑީގައި ތިބި މީހުންނާއި ހަމަލާއަށް ފައިސާ ޚަރަދުކުރި ގޮތް ތަހުގީގު ކުރުމަށް

މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ, ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިއްޖެ ކަމަށާއި، ދެން އޮތީ ފައިސާ ޚަރަދު ކުރި ގޮތް ހޯދުން ކަމަށް, މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި މަންދޫބު ޢައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ފުލުހުން ދެން އަމާޒު ހިފަންވީ ހަމަލާގެ އަޑީގައި ތިބި މީހުންނާއި ހަމަލާއަށް ފައިސާ ޚަރަދުކުރި ގޮތް ތަހުގީގު ކުރަން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ޓެގް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ޢައްބާސް ވިދާޅުވިއެވެ.

ހަމަލާގެ ތަހުގީގު ފުރިހަމައަށް ނިންމާލީތީ މަރުހަބާ ދަންނަވާކަމަށް އައްބާސް ވިދާޅުވިއެވެ. ތަހުގީގުގެ ދެވަނަބައިގައި, ހަމަލާގެ ފަހަތުގައި ވާ މީހުންނާއި ފައިސާ ޚަރަދުކޮށްފައި ވާގޮތް ވަރަށް އަވަހަށް ހޯދި, އެކަމުގެ ތަހުގީގުވެސް ފުރިހަމައަށް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޢައްބާސް ވިދާޅުވިއެވެ. މީގެ އިތުރުން ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި 4 މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ ނިންމާފައިވާތީ، އެކަންވެސް އޭނާ ފާހަގަކުރައްވާފައި ވެއެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ކުރިޔަށްދާ ތަހުގީގާއި ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން, އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޢައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ 2021 މެއި 19ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް