ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 17:00
ހަދަމުންދާ މި އިމާރާތަކީ ފަސްބުރީގެ އިމާރާތެއް
ހަދަމުންދާ މި އިމާރާތަކީ ފަސްބުރީގެ އިމާރާތެއް
ގޫގުލް
ލަންކާގައި އިމާރާތެއް ވެއްޓުން
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
ހަދަމުންދާ މި އިމާރާތަކީ ފަސްބުރީގެ އިމާރާތެއް
މަދުވެގެން ތޭރަ މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ

ސްރީލަންކާގެ ވެއްލަވައްތާގައި ހަދަންފަށާފައިހުރި އިމާރާތެއް ވެއްޓި މަދުވެގެން ތޭރަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ލަންކާގެ ޑެއިލީ މިރަރގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ހެނދުނުނުގެ ވަގުތެއްގައި ވެއްޓުނު މި އިމާރާތް ހުންނަނީ ސެވޮއި ސިނަމާގެ ފުރަގަހުން ކަމަށެވެ.

ނުވަ މީހަކު އެޑްމިޓްކުރެވިފައިވަނީ ކޮލަމްބޯ ސައުތު ޓީޗިންގ ހޮސްޕިޓަލުގައިކަމަށްވާއިރު އިތުރު ހަތަރު މީހަކުވަނީ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.

ހަދަމުންދާ މި އިމާރާތަކީ ފަސްބުރީގެ އިމާރާތެކެވެ.

ފުލުހުން ބުނެފައިވަނީ އިތުރު އެތައްބަޔަކު އިމާރާތުގެ ތެރޭ ތާށިވެފައިވާކަމަށާއި އަލިފާން ނިއްވާ ފަރާތްތަކުން މީހުން ސަލަމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް