ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 12:36
މިހާރު ލިބުނު ކުރިއެރުންތައް ދަމަހައްޓަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި
މިހާރު ލިބުނު ކުރިއެރުންތައް ދަމަހައްޓަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި
ރާއްޖެ އެމްވީ
އައު އާންމު ހާލަތު
އައު އާންމު ހާލަތަށް ދިޔަ ނަމަވެސް ނުރައްކާ އަތުވެދާނެ ކަމަށް ސަމާލުވާން ޖެހޭ!
 
އަދިވެސް ކޮވިޑުގެ ނުރައްކާ ފިލައިގެން ދިޔަ ކަމަށް ގަބޫލުކޮށްގެން ނުވާނެ

ރާއްޖެ މިހާރު އައު އާންމު ހާލަތަކަށް ދިޔަ ނަމަވެސް ކޮވިޑުގެ ނުރައްކާ އަތުވެދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރީ ވަރަށް ދަތިކަމުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އަދިވެސް ކޮވިޑުގެ ނުރައްކާ ފިލައިގެން ދިޔަ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ނުރައްކާ އަތުވެދާނެ ކަމަށް އަދިވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އާންމު ހާލަތަކަށް އާދެވިފައިވާ އިރު މިހާރު ލިބުނު ކުރިއެރުންތައް ދަމަހައްޓަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުން މުހިންމު ކަމަށާއި، ހުރިހާ އިދާރާއެއްގެ މީހުން ވެސް، އަދި އާންމު ރައްޔިތުން ވެސް އެގޮތަށް އަމަލުތައް ބެހެއްޓެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ މީގެ ކުރިން ވެސް ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާ ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު ރާއްޖޭގެ ހާލަތު މިހާރު "ނިއު ނޯމަލް"އަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި, މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަން ފާހަގަކުރައްވާފައެވެ. އަދި ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި, ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް