ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 12:13
އޮޒެން ލައިފް މާދޫ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ
އޮޒެން ލައިފް މާދޫ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ
އޮޒެން ލައިފް މާދޫގައި ހިނގި އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ: ރިސޯޓު
 
ހާދިސާގައި 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މީގެ ކުރިން ރިޕޯޓުކުރި
 
އަލިފާން ރޯވީ ތެޔޮ ފީފާއެއްގައި ރޯވެގެން

އޮޒެން ލައިފް މާދޫ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް އެ ރިސޯޓުން ބުނެފިއެވެ.

އޮޒެން ލައިފް މާދޫ ރިސޯޓުގައި ހޯމަ ދުވަހުގެރޭ 19:13 ހާއިރު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ރާއްޖެ އެމްވީއާ ވާހަކަދައްކަމުން އޮޒެން ލައިފް މާދޫ ރިސޯޓުން ބުނީ އެރަށުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާކަމަށެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ޕެޓްރޯލް ޓޭންކް ކައިރީ ހުރި ތެޔޮ ފީފާއެއްގައި ރޯވެގެން ކަމަށެވެ. މި ހާދިސާގައި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ. ގެއްލުން ލިބުނީ ކޮން ތަކެއްޗަކަށް ކަމެއް ރިސޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ރިސޯޓުން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށް ކަމަށެވެ. އޭގެފަހުން ހަތަރު މީހަކަށް އަނިޔާވެ، މާލެ ގެންނަ ކަމުގެ މައުލޫމާތު ދިންކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. އަނިޔާވި ތިން ބިދޭސީންނަކީ ރިސޯޓުގެ މުވައްޒަފުންނެވެ. އަނިޔާވި ދިވެއްސަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފެކެވެ.

މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް