ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 08:44
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 20:41 ގައި
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 20:41 ގައި
އެމްއެންޑީއެފް
އެކްސިޑެންޓެއް ހިނގުން
ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވޭ

އެނބޫދޫ ފިނޮޅު ކައިރި ކަނޑުމަތިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 20:41 ގައި ކަމަށެވެ. މި ހާދިސާ ހިނގީ ކ. މާފުށިން ފުރައިގެން ދަތުރު ކުރި ލޯންޗެއް އެނބޫދޫ ފިނޮޅުގެ އިރުން އެއް މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން ގެނައި ލޯންޗެއްގައި މާލެ ގެންގޮސްފައިވާ ކަމަށާއި އެކްސިޑެންޓްވި ލޯންޗް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށުން މާލެ ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް