ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 01:44
ޑްރައިވަރު މަރާލަން މަސައްކަތްކުރި މީހާ
ޑްރައިވަރު މަރާލަން މަސައްކަތްކުރި މީހާ
ރާއްޖެއެމްވީ
ޑްރައިވަރަކަށް ހަމަލާ ދިނުން
ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކު މަރާލަން ބިދޭސީއަކު މަސައްކަތްކޮށްފި
 
ޓެކްސީ ކޮންޓްރޯލްނުވެ ގޮސް މަގުގައި ޕާކްކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ވަނީ ޖެހިފައި
 
ޑްރައިވަރު މަރާލަން މަސައްކަތްކުރީ އިންޑިއާ މީހެއް
 
ހާދިސާ ހިނގީ ނިރޮޅުމަގުގެ 19ވަނަ ގޯޅީގައި

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން ބިދޭސީއަކު މަސައްކަތް ކޮށްފިއެވެ.

ހުޅުމާލެ ނިރޮޅުމަގުގެ 19ވަނަ ގޯޅީގައި ހިނގި މި ހާދިސާގައި، ޓެކްސީ ޑްރައިވަރު މަރާލަން މަސައްކަތް ކުރީ، އިންޑިއާ މީހެއް ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. ޑްރައިވަރަށް ހަމަލާދިނީ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެންނެވެ. މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ކަރުގައި ގަމީސް އޮޅައި ޑްރައިވަރު މަރާލަން އުޅުމުން ޓެކްސީ ކޮންޓްރޯލްނުވެ ގޮސް އެ މަގުގައި ޕާކް ކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ޖެހި ކާރު ހުއްޓުނު ކަމަށެވެ.

ޑްރައިވަރު މަރާލަން ބޭރުމީހާ މަސައްކަތްކުރީ، ދަތުރު ފައިސާ ދޭށޭ ޑްރައިވަރު އެންގުމުން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެފައެވެ. ދަތުރު ނެގީ ހުޅުލޭ އައިލެންޑް ހޮޓެލުން ކަމަށްވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. މަންޒަރު ދުށް މީހަކު މައުލޫމާތު ދިންގޮތުގައި އެޗްއައިއެޗުން ބޭރުމީހާ ނިކުތްއިރުވެސް ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައެވެ.

އެ ސަރަހައްދުގައި ފުލުހުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
7%
5%
5%
76%
5%
2%
ކޮމެންޓް
13 އޯގަސްޓް 2021 | ހުކުރު 08:51
ޖާދުލޯ
ކީއްވެބާ ސުރުހީގަ އިންޑިޔާ މީހެއް ޓެކްސީ ޑްރައިވަރެއް މަރާލަން އުޅުނީޔޭ ނުލިއުނީ، ހަޖަމުނުވީ އުތަ
10 އޯގަސްޓް 2021 | އަންގާރަ 13:10
ހަނަފީ
ނުކުރާނެ އެއްކަމެއްވެސް. ދިވެއްސަކު އިންޑިއާގައި ތިކަހަލަ ކަމެއް ކުރި ނަމަ މިހާރު އޮންނާނީ މަރާލާފަ. އިންސާނީ ޙައްގެއް، އެހެން އެއްޗެއް ނޯންނާނެ. އެއަށްވުރެންވެސް ހާލު ދެރަވީސް ރާއްޖޭގައި ދިވެއްސަކު އިންޑިއާ މީހަކަށް އަނިޔާއެއް ދިންނަމަ. ބޮޑުކަމަކަށްވެސް ކޮށްލާނީ ޑީޕޯރޓް. މިތަނުގަ އުޅޭ މީހުންނަށް ހީވާކަހަލަ އެެއީ އިންސާފު ލިބުނީ ކަމަށް. އަމިއްލަ ގައުމުގައި ސަލާމަތެއް ނެތުމުން ކޮބައިބާ ހާލަކީ؟
10 އޯގަސްޓް 2021 | އަންގާރަ 10:35
ކޯލްއައިޑީ
އިންޑިޔާ އައުޓް ގޮވަނީ ގޮވަންވެގެން
10 އޯގަސްޓް 2021 | އަންގާރަ 10:07
ޢައުޓް
ޢިންޑiއާ އައުޓް
10 އޯގަސްޓް 2021 | އަންގާރަ 09:41
ޑިއާރ ރައީސް
މީހަކު މަރާލަން އުޅުމުގެ ދައުވާ ކޮށްފައި ޖަލަށް ލާ. ދޫ ނުކުރާތި. އަހަރުމެން ތިކަހަލަ ކަމެއް އިންޑިއާގައި ކޮށްފިއްޔާ އެމީހުން ކަންކުރާ ގޮތަށް ކުރަން ޖެހޭނީ.
10 އޯގަސްޓް 2021 | އަންގާރަ 04:21
ޖޭ ހިންދް
މިއޮތީ ކަންތަކާ ޖެހިފަ،
10 އޯގަސްޓް 2021 | އަންގާރަ 02:32
ޤަތަރު
ޑީޕޯޓް ކޮއްލާ