ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 13:14
މޯލްޑިވްސް މީޑިއާ ކައުންސިިލްގެ ބައްދަލުވުމެއްގެ ތެރެއިން
މޯލްޑިވްސް މީޑިއާ ކައުންސިިލްގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެމްސީ
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލ
މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
މޯލްޑިވްސް މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށް
 
ފުރުސަތު ހުޅުވާލީ މެމްބަރަކު އިސްތިއުފާދެއްވުމުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރަކު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ހުސްވި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލުން މަގާމެއް ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމުންނެވެ. މުހައްމަދު ޔާމީން އަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސެކެޓްރީ ޖެނެރަލްއެވެ. އިސްތިއުފާ ދެއްވި އިރު ޔާމީން ހުންނެވީ މީޑިއާ ކައުންސިލްގެ އާންމު މެމްބަރެއްގެ ގޮތުގައެވެ.

އެހެންކަމުން މި ހުސްވި މަގާމަށް މީހަކު އައްޔަންކުރަން ހުޅުވާލާފައިވާއިރު، މި މަގާމަށް ކުރިމަތިލާން އެދޭ މީހުން، މި މަހުގެ 17 ވަނަ ދުވަހުގެ 13:30 ގެ ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު، ހޯމް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ވެސް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން 8 މެމްބަރުންނާއި އާންމުންގެ ތެރެއިން 7 މެމްބަރުންނެވެ.

މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިޚާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައިވުމާއެކު އެ ކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް އިންތިޚާބު ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. އޭގެފަހުން މިހާރު ތިބީ އައު ދައުރެއްގެ މެމްބަރުންނެވެ.

މީޑިއާ ކައުންސިލުގެ އިންތިޚާބެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 އޭޕްރީލް 28 ވަނަ ދުވަހުއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނު ބުނާގޮތުން ކައުންސިލްގެ މެމްބަރުކަމަށް ހަމަޖެހޭ މީހަކު އެމަގާމުގައި ހުންނާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މީހަކަށް ކައުންސިލްގެ މެމްބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާނުކުރެވޭނެކަމަށް ވެސް ޤާނޫނުގައި ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް