ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 12:00
އެމްއެންޑީއެފް އާއި ރަށު ކައުންސިލް ގުޅިގެން ވަނީ ގޭގެ ފުރާޅު ރަނގަޅުކޮށްދީފައި
އެމްއެންޑީއެފް އާއި ރަށު ކައުންސިލް ގުޅިގެން ވަނީ ގޭގެ ފުރާޅު ރަނގަޅުކޮށްދީފައި
އެމްއެންޑީއެފް
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލައިލުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
 
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 07:00 ހާއިރު

ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލައިލުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހޯމަ ދުވަހުގެ ހެނދުނު 07:00 ހާއިރު ހދ. ކުޅުދުއްފުއްޓަށް ޖެހުނު ގަދަ ވަޔާއެކު ގެއެއްގެ ފުރާޅު އެއްލައިލުމުން، އެމްއެންޑީއެފްގެ ނޯތް އޭރިއާ ސިފައިންނާއި އެ ރަށު ކައުންސިލް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެ ގޭގެ ފުރާޅު ރަނގަޅުކޮށްދީ، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބައެއް ފަހަރު މިފަދަ ހާދިސާތައް ހިނގާކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދައިން ރާއްޖެއަށް ކުރާ ވިއްސާރަތަކުގައި ވަރަށް ގިނަ ފަހަރު ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު އަންގާރަ ދުވަހުގެ ހެނދުނު 09:00 އާ ހަމައަށް އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވަނީ ބުނެފައެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރުފޯރައި ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ވައި އެނބުރި މަޑުން، އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑު ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވަނީ ބުނެފައެވެ. ރާއްޖޭގެ މެދުތެރެ އާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 2 – 4 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް