ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 08:23
މިހާރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަަމަށް މިނިސްޓްރީން ވަނީ ބުނެފައި
މިހާރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަަމަށް މިނިސްޓްރީން ވަނީ ބުނެފައި
ރާއްޖެއެމްވީ
ގުނޫތު ނާޒިލާ ނުކިޔުމަށް އެންގުން
މޮނިޓަރިންގގެ ހާލަތުގައި ނެތް ރަށްރަށުގައި ވެސް ގުނޫތު ނާޒިލާ ނުކިޔުމަށް އަންގައިފި
 
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުން ވެސް އޮގަސްޓް 7 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ވަނީ މަޑުޖައްސާލާފައި

މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ވެސް ގުނޫތު ނާޒިލާ ނުކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ރަށްރަށަށް ފޮނުވި ސަރކިއުލާގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި, ދެވުނު ލުއިތަކާއެކު މޮނިޓަރިންގ ގެ ހާލަތުގައި ނެތް ރަށެއް ނަމަ ގުނޫތު ނާޒިލާ ކިޔުން މަޑު ޖައްސާލުމަށް އަންގާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހެން އަންގާފައިވާއިރު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވެސް ގުނޫތު ނާޒިލާ ކިޔުން އޮގަސްޓް 7 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ވަނީ މަޑުޖައްސާލާފައެވެ.

މި ހާލަތުގައިވެސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔަވައި، އިސްތިޣުފާރު ކުރުމަށާއި، މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ކަމާގުޅޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

ދުނިޔޭގައި އުފެދޭ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާ ތަކާ ގުޅިގެން މީގެ ކުރިން ވެސް ރާއްޖޭގައި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔާފައިވެއެވެ.

ގުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ޚާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރު ވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ. އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާ ގުޅިގެން ވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް