ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 09:09
ހެނދުނުގެ ނާސްތާ ޕްރޮގްރާމް
ހެނދުނުގެ ނާސްތާ ޕްރޮގްރާމް
ރައީސް އޮފީސް
ހެނދުނުގެ ނާސްތާ ޕްރޮގްރާމް
ނާސްތާ ޕްރޮގްރާމް މެދުކަނޑާލީ މިހާލަތަށް ރައްކާތެރި ކަމަކަށް ނުވާތީ: މިނިސްޓަރު
 
މި ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމީ ކަމާބެހޭ ބޭފުޅުންގެ ލަފަޔާއެކު
 
ކޮވިޑުގެ ހާލަތުގައި އެހެން ބަޔަކު ކައްކާ ތަކެތި ކުދިންނަށް ދިނުން ރައްކާތެރިއެއް ނޫން

ނާސްތާ ޕްރޮގްރާމު މި ހާލަތުގައި ކުރިއަށްނުގެންދަން ނިންމީ، މި ހާލަތުގައި ކުރުން ރައްކާތެރިކަމަކަށް ނުވާނެތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތާއެކު ނާސްތާ މެދުކަނޑާލަން ނިންމާފައިވަނީ ނާސްތާ ޕްރޮގްރާމަށްވުރެ ދަރިވަރުންގެ ސިއްހަތު މުހިންމު ވީމާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތުގައި އެހެން ބަޔަކު ތައްޔާރުކުރާ ތަކެތި ދަރިވަރުންނަށް ކާން ދިނުމަކީ އެހާ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާދެއްވާފައިވާތީ އެކަން މިވަގުތަށް ކުރިއަށް ނުގެންދަން ނިންމީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހުއްޓާލީ ނޫން ކަމަށާއި، މެދުކަނޑާލީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮވިޑުގެ ހާލަތުން ސަލާމަތް ވެވުނުހާ އަވަހަކަށް މި ޕްރޮގްރާމް އަލުން ފަށާނެ ކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް މެދުކަނޑާލާފައިވީނަމަވެސް ކޮންމެހެން ނާސްތާ ބޭނުންވާ ކުދިންނަށް ނާސްތާ ފޯރުކޮށްދޭ ކަމަށެވެ. އެފަދަ ކުދިންކޮޅެއް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެ ކުދިންނަށް ފޯރުކޮށްދޭނީ ހަމައެކަނި ހެނދުނުގެ ނާސްތާ ނޫން ކަމަށާއި، އެހެނިހެން ވަގުތުތަކުގައި ވެސް އެކުދިންނަށް ނާސްތާ ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ މިނިސްޓްރީން އަބަދުވެސް ކުރާ މަސައްކަތެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
7000ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
އިމްތިހާނު ބާއްވާ ތާރީޚަށް ބަދަލު ގެންނަންޖެހުނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ ހެދިކަމަށް މިނިސްޓަރ ވިދާޅުވި ވިދާޅުވުން އެޕާޓީން ކުށްވެރިކޮށްފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާވާތީ ސްކޫލްތަކުގެ ޓެސްޓް އަވަސްކޮށްފި