ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 00:23
ރާއްޖޭގައި ހިންގާ ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭންގެ ތެރެއިން
ރާއްޖޭގައި ހިންގާ ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭންގެ ތެރެއިން
ޝުރުފާ މުހައްމަދު
ކޮވިޑް-19 ވެކްސިން
ހޮނިހިރު ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ 1،676 މީހުން!
 
ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ހުރަސްތަކެއް ވަނީ އަޅާފައި
 
ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 284،329
 
ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 330،504ށް އަރާފައި
 
މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 839 މީހުން

ރާއްޖެއިން އިތުރު 1،676 މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އިތުރު 1،676 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު, މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 839 މީހުންނާއި އަތޮޅުތަކުން ދެވަނަ ޑޯޒް ފުރިހަމަކުރި 837 މީހުންކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އަތޮޅު ތެރެއިން އިތުރު 588 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 513 މީހުންނެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 330،504ށް އަރާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 284،329 އެވެ.

ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި މިހާރު ވަނީ ހުރަސްތަކެއް އަޅާފައެވެ. އެގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ވެކްސިން ޖެހުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި 6 ވެކްސިނޭޝަން ސެންޓަރ އަދި 3 މޯބައިލް ޓީމް ހަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް