ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 23:27
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
އެސްޓްރަޒެނެކާ ވެކްސިން ޖެހުން
ހޯމަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓާއި ނުލައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ
 
އެޕޮއިންޓްމަންޓް ދޫކުރަން ފެށީ ވެކްސިން ކެމްޕޭނުގެ ފަހު ބުރު ފެށުމަށް ޖުލައި 29ވަނަ ދުވަހު
 
ވެކްސިން އެޕޮއިންޓްމަންޓް ހަދާފައިވާ މީހުންނަށް އިސްކަންދޭނެކަމަށް އެޗްޕީއޭއިން ބުނޭ
 
ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ހުރަސްތަކެއް ކުރިމަތިވާނެ

އޯގަސްޓް 9ން ފެށިގެން މާލެ ސަހައްދުގައި އެޕޮއިންޓްމަންޓާއި ނުލައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން އެސްޓްރަޒެނެކާގެ ވެކްސިންޖެހުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުން ހޯމަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓާއި ނުލައި ވެކްސިންޖެހޭނެކަމަށް ބުނެފައެވެ. މި ސެންޓަރުތަކުގެ ތެރޭގައި ހިމެނެނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ގައުމީ ކުތުބުޚާނާ އަދި ވިލިމާލެ ހޮސްޕިޓަލެވެ. މިގޮތަށް ބަދަލު ގެނައިކަމުގައިވީނަމަވެސް، ވެކްސިން ޖެހުމަށް މިހާތަނަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހުންނަށް އިސްކަންދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު ފެށި ވެކްސިން ކެމްޕޭންގެ ފަހުބުރު ފެށުމަށް ޖުލައި 29ވަނަ ދުވަހުއެވެ. ޖުލައި 31ގައި މި ކެމްޕޭނުގެ ފަހު ބުރުގައި މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާފައިވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖެހުމަށްވެސް އެޕޮއިންޓްމަންޓް ވަނީ ދޫކޮށްފައެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހައްދަމުންދިޔަ އެޗްޕީއޭގެ ޕޯޓަލް މިއާއެކު ބަންދުވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
9 އޯގަސްޓް 2021 | ހޯމަ 08:27
ހެއްރަބެ
ވެކްސިންޖަހަން އެޕޮއިންޓްމެންޓް ހަދަން ނުޖެހޭގޮތަށް ހަމަޖެހިގެން ދިއުމަކީ ކުރިޔަށް އެޅުނު މުހިއްމު ފިޔަވަޅެއް!!!! ވެކްސިން ޖަހަން ކިއުގަ ގިނަ އިރު ތިބެން ނުޖެހޭގޮތަކަށް އިންތިޒާމް ކުރުމަކީވެސް ގިނަ ބަޔަކު ވެކްސިން ޖަހަން ދިއުމުގެ ބާރަކަށްވާނެ ކަމެއް!!! ވެކްސިން ޖަހަން ދާމީހުންނާ އޯގާތެރިކަމާ އެކު މުއާމަލާތްކޮށް ވެކްސިންއާބެހޭ މައުލޫމާތު ދިނުމަށް ހަތަރުފަސް މީހަކު ތިބުމަކީވެސް ވެކްސިންޖެހުމުގެ މާހައުލު ވެކްސިން ޖަހަން ދާމީހުންނާ ރައްޓެހި މާހައުލަކަށް ވެގެން ދާނެ ކަމެއް!!! ރަސްމީ ގޮތްގަނޑު ދޫކޮށްލާފަ އާއްމު މިހާ ދެކޭގޮތްވެސް އޮޅުން ފިލުވުމަކީ ކުރަން މުހިއްމު ކަމެއް!!!