ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 22:28
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު
މުހައްމަދު ޝަރުހާން
ތިލަފުށީ ފަޅުން ބިން ހިއްކުން
ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކަނީ
 
ބާކީ 100 ހެކްޓަރު ދޮޅު އަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ސުހައިލް ވިދާޅުވި
 
6 މަސް ތެރޭގައި ސިނާއީ މަސައްކަތްތަކަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް މަޝްވަރާ ކުރެވިފައިވޭ
 
ތިލަފުށީގެ މާސްޓަރ ޕްލޭންގައި ގިނަ ކަންކަން ހިމެނިފައިވޭ

ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ، ޖީ.އެމް.އައި.ޒެޑްގެ މަސައްކަތްތައް އެޗް.ޑީ.ސީއާ މާރޖް ކޮށްލުމާއެކު، އެޗްޑީސީގެ މެންޑޭޓަށް އެ މަސައްކަތްތައް އިތުރުވެފައިވާކަމަށެވެ. އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭން މިހާރު ހެދިފައިވާ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

މިހާރު ތިލަފުށީގައި ހިއްކާފައިވަނީ 110 ހެކްޓަރުގެ ބިންކަން ފާހަގަ ކުރައްވައި ސުހައިލް ވިދާޅުވީ، ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން އަލަށް ހިއްކުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ތިލަފުށީގެ މާސްޓަރ ޕްލޭންގައި ގިނަ ކަންކަން ހިމެނިފައިވާކަމަށެވެ. އެގޮތުން ސިނާއީ މަސައްކަތްތަކަށް 30 ހެކްޓަރުގެ ބިން 6 މަސް ތެރޭގައި ހިއްކުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެއަށްފަހު ބާކީ 100 ހެކްޓަރު ދޮޅު އަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.

ސުހައިލް ވިދާޅުވީ، ބިން ހިއްކުމާ ގުޅޭ އީއައިއޭ މިހާރު ހަދަމުންދާ ކަމަށެވެ.

އެޗްޑީސީއަކީ ކުރިން ރަނގަޅު ރިޒަރވްއެއް އޮތް ކުންފުންޏެއް ނަމަވެސް، ފަހުން ނެގި ލޯނުތަކުގެ ސަބަބުންނާއި، ކުންފުނިން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ކުންފުނި ވަރަށް ދަށް ހާލަތަކަށް ވެއްޓިގެން ދިޔަ ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް އެއްބަސްވުންތަކެއް ހަދައި، މުއްދަތެއް އެކުލަވާލުމަށްފަހު، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދެމުންދާކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރަވެސް ނުދެވޭފަދަ ހާލަތަކަށް އޭރު ކުންފުނި ވެއްޓިގެން ދިޔަކަމަށެވެ.

ސުހައިލް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ބިން ދޫކުރުމުގެ މަސައްކަތްތައް ކުރެވިފައި ހުރީވެސް ނުއަގުގައި ކަމަށެވެ. ނަމަވެސް މިހާރު ކުންފުނީގެ ވިސްނުމަކީ ބިންތަކަށް އެންމެ އެކަށީގެންވާ އަގާއެކު އެކަން ކުރިއަށް ދިއުމަށްކަން ސުހައިލް ފާހަގަ ކުރެއްވިއެވެ. އަދި އޭރު ހުޅުމާލޭގެ ބިމުގެ ވެލިއުއަށް ބަލައި، ބިމުގެ އަގު މާކެޓުގައި އަރައިގެންދާ ވަރަކަށް އެކަން ކުރަމުންދާނެކަން ސުހައިލް ފާހަގަ ކުރެއްވިއެވެ.

ސުހައިލް އިތުރަށް ވިދާޅުވީ، ފޭސް 2 ތަރައްގީ ކުރެވިގެންދާނީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަންތަން ޑިމާންޑާ އެއްގޮތަށް ޤާއިމު ކުރެވިގެން ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މާލޭގައި ކުރަމުން އަންނަ ސިނާއީ މަސައްކަތްތައް ތިލަފުށްޓަށް ބަދަލުކުރުންކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މި 5 އަހަރު ނިމުމުގެ ކުރިން ސިނާއީ މަސައްކަތް ކުރުމަށް ތިލަފުށިން ބިން ހަމަޖައްސައިދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ތިލަފުށީ ޕޯޓު ތަރައްގީކުރުމަށް އޭޕްރީލް މަހުގެ ތެރޭގައި ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރަން: ސީއީއޯ
ވިލިމާލޭގައި ފައިބަރު އޮޑިދޯނިފަހަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިމެއް ހަމަޖައްސައިފި
ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު
ތިލަފުށި ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކައި ނިމިއްޖެ
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފި