ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 03:07
ވޭން ވިސްބާޑެން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 3-0 ން
ވޭން ވިސްބާޑެން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ޖަރުމަން ކަޕް
ހާލަންޑުގެ ހެޓްރިކާއެކު ޑޯޓްމުންޑަށް ފަސޭހަ މޮޅެއް
 
ވޭން ވިސްބާޑެން އަތުން ޑޯޓްމުންޑް މޮޅުވީ 3-0 ގެ ނަތީޖާއަކުން
 
ޑޯޓްމުންޑުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދާފައި

ޖަރުމަން ކަޕުގެ ފުރަތަމަ މެޗުގައި ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހެދި ހެޓްރިކާއެކު، ޖަރުމަނުގެ ތިންވަނަ ޑިވިޝަނުގެއް ޓީމެއް ކަމަށްވާ ވޭން ވިސްބާޑެން އަތުން އެންމެ ފަހުގެ ޗެމްޕިއަން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކެޕްޓަން މާކޯ ރެއުސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އަދި އޭގެ ފަަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ހާލަންޑަށް ވޭން ވިސްބާޑެންގެ ގޯލްކީޕަރު ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގެ ހަވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. މި ލަނޑު ހާލަންޑް ކާމިޔާބުކުރީ ޖިއޮވާނީ ރޭނާ ދިން ޕާހަކުންނެވެ.

ޖަރުމަން ކަޕުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން މޮޅުވެ ދެވަނަ ބުރަށް ޑޯޓްމުންޑް ދަތުރުކުރިއިރު، ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. ޑޯޓްމުންޑުން މި ސީޒަނުގެ ޖަރުމަން ކަޕުގެ ފެށުން ރަނގަޅުކުރިއިރު، އެ ޓީމަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމެވެ. އެއާއެކު ޑޯޓްމުންޑުން ވަނީ ޖަރުމަން ކަޕް މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް