ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 13:21
ރީމާ ލަގޫ
ރީމާ ލަގޫ
ގޫގުލް
ރީމާ ލަގޫ
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
 
އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން
 
ރީމާ މަރުވިއިރު އުމުރަކީ 59

ސްޓާޕްލަސްއިން މިހާރު ދައްކަމުން އަންނަ ސީރީޒް "ނާމްކަރަން" ގެ ދަޔާވަންތީ ގެ ބައި ކުޅޭ ރީމާ ލަގޫ ބުރާސްފަތި ދުވަހުގެ ހެނދުނު މަރުވެއްޖެއެވެ. އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ކޮކިލަބެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ރީމާ ކައިވެނިކޮށްގެން އުޅުނީ ވިވެކް ލަގޫއާއެވެ. އެހެން ނަމަވެސް އެދެ މީހުން ވަނީ ވަރިވެފައެވެ. ރީމާއަށް ވަނީ އެކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައެވެ.

 ރީމާ ލަގޫ މަރުވިއިރު އުމުރަކީ 59 އަހަރެވެ. ރީމާ އޭނާގެ އެކްޓިން ކެރިއާ ފަށާފައިވަނީ 1970 އިގެ ތެރޭގައި ހައި ސްކޫލް ނިންމާލުމަށް ފަހު ގައެވެ. އޭނާ ވަނީ ހިންދީ ސީރީޒް އާއި ހިންދީ ފިލްމުތަކުގައި އެކްޓުކޮށްފައެވެ. އާންމުކޮށް އޭނާ އެކްޓު ކޮށްފައިވަނީ ސަޕޯޓިން ރޯލްތަކުގައެވެ.

އޭނާ އެކްޓުކޮށްފައިވާ ސީރީޒްތަކުގެ ތެރޭގައި "ތޫޒާ މަޒާ ޖެމީނާ"، "ދޯ ހަސޯން ކާ ޖޯދާ"، "ކަންދާން" އަދި މިހާރު ސްޓާޕްލަސްއިން ދައްކަމުން އަންނަ "ނާމް ކަރަން" ހިމެނެއެވެ.

އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި  "މެއިން ޕިޔާރު ކިޔާ"، "އާޝިގީ"، "ސާޖަން"، "ކުޗްކުޗް ހޯތާހޭ"، "ހަމް ސާތު ސާތު"، އަދު ވާސްތަވް" ހިމެނެއެވެ.

ރީމާއަށް ވަނީ 1990 ވަނަ އަހަރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް "މެއިން ޕްޔާރް ކިޔާ" އިން ލިބިފައެވެ. އަދި 1991 ވަނަ އަހަރު "އާޝިގީ" ، 1995 ވަނަ އަހަރު "ހަމް އާޕްކޭ ހެއިން ކޯން" އިން ވެސް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ވެސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް