ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 12:58
ބަންގާޅު ޓީމު މާލެ ފައިބަނީ
ބަންގާޅު ޓީމު މާލެ ފައިބަނީ
ރާއްޖެއެމްވީ
ސާބާ ޗެމްޕިއަންޝިޕް
ބަންގާޅު ޓީމު ރާއްޖެ އަތުވެއްޖެ
ބަންގާޅު ޓީމު ރާއްޖެ އަތުވެފައިވަނީ ބުދަ ދުވަހުގެ ރޭ
މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ނޭޕާލް އާއި ދެކޮޅަށް ނިކުންނާނީ ބަންގާޅުން

އަންނަ ހުކުރު ދުވަހު ރާޢްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް (ސާބާ ޗެމްޕިއަންޝިޕް) މުބާރަތުގައި ވާދަކުރާ ބަންގާޅު ޓީމު މާލެ އަތުވެއްޖެއެވެ.

ބަންގާޅު ޓިމު ބުދަ ދުވަހުގެ ރޭ މާލެ އައިސްފައި ވާއިރު މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ނޭޕާލާއި ދެކޮޅަށް ކުޅެން ޖެހެނީވެސް ބަންގާޅަށެވެ. މި މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރުއެވެ.

ބަންގާޅު ޓީމަކީ މުބާރާތުގައި ވާދަކުރާ ގައުމު ތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައި ގައުމެވެ. ޖުމްލަ 5 ގައުމު މުބާރާތުގައި ވާދަކުއިރު ބަންގްލަދޭޝް އަދި ރާއްޖޭގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ، އިންޑިއާ، ސްރީ ލަންކާ، އަދި ނޭޕާލް އެވެ.

ހުކުރު ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައި ވާއިރު، ބާކީހުރި ޓީމުތައް ބުރާސްފަތި ދުވަހު މާލެ އަންނާނެ ކަމަށް ބާސްކެޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

މިމަހުގެ 19 އިން 23 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނިކުންނާނީ، މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އިންޑިއާއާ ދެކޮޅަށެވެ.

މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލް އަގްވާމީ މުބާރާތް ކަމުން، މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް