ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 04:24
ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ
ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ
ރޮއިޓަރސް
އަފްގާނިސްތާން
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
މި ހަމަލާދިން 4 މީހުން މަރުވެފައިވާއިރު، ހަމަލާގައި 6 މީހުން ވަނީ މަރުވެފަ

އަފްގާނިސްތާނުގެ ނަންގަހާރް ޕްރޮވިންސްގައި ހުންނަ  ދައުލަތުގެ ޓީވީގެ އިމާރާތަށް ހަނގުރާމަވެރިން ބުދަ ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޖަލާލްއާބާދް ސިޓީ ގައި ހުންނަ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގައި މަދުވެގެން ހަމީހުން މަރުވިއިރު، 24 މިހަކު ވަނީ ޒަޚަމްވެސް ވެފައެވެ. 

އައިއެސް އިން ދަނީ ތާލިބާނާއި އަދި އަފްގާނުގެ ސަރުކާރުގެ ސިފައިންނާއި ދެކޮޅަށް ނަންގަހާރް ޕްރޮވިންސްގައި ހަނގުރާމަ ކުރަމުންނެވެ. ނަންގަހާރް ޕްރޮވިންސްގެ ވެރިރަށަކީ ޖަލާލްއާބާދް ކަމަށްވާއިރު، ނަންގަހާރް ޕްރޮވިންސް އަކީ އައިއެސްގެ ކޮންޓްރޯލް އޮންނަ ޕްރޮވިންސްއެކެވެ.

ރިޕޯޓުތައް ބުނާގޮތުން "އާރްޓީއޭ" ޓީވީ ސްޓޭޝަނަށް ހަަމަލާ ދިނީ ހަތަރު ހަނގުރާމަވެރިންނެވެ. އޭގެތެރެއިން އެކަކު ހަށިގޮއްވައިގެން ހަމަލާ ދިންއިރު، އަނެއް ތިން މީހުން ވަނީ އަފްގާންގެ ސަލާމަތީ ބާރުތަކާއެކު ބަދަލު ކުރެވުނު ހަމަލާތަކެއްގައި މަރުވެފައެވެ.

ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދައުލަތުގެ ޓީވީގެ ހަތަރު މުވައްޒަފަކު ހިމެނެއެވެ. އަދި ދެ ފުލުހުން ވެސް ހިމެނެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 17 އާންމުންނާއި ސަލާމަތީ ބާރުތަކުގެ ހަތް މީހުން ހިމެނެއެެވެ.

ހަމަލާ ދިން ސަރަހައްދަކީ ތާލިބާންގެ ވެސް ބާރު އޮންނަ ސަރަހައްދެއް ނަމަވެސް، އެމީހުން ވަނީ ޒިންމާ ނަގަން ދެކޮޅު ހަދާފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް މިފަހުން ވަނީ އެމެރިކާގެ ވައިގެ ވަރުގަދަ ހަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އަފްގާންގެ ސްޕެޝަލް ފޯސަސްގެ ވަރުގަދަ ހަމަލާތަކާއިވެސް ކުރިމަތިލާން ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް