ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 15:44
ހިތާދޫ ސާފުކުރުމުގެ ޕްރޮގްރާމް
ހިތާދޫ ސާފުކުރުމުގެ ޕްރޮގްރާމް
"މަގޭހިތާދޫ ސާފުހިތާދޫ" ޕްރޮގްރާމް
ހިތާދޫގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
 
މިކަން ފުރިހަމައަށް ކުރުމަށް އިތުރު އާލާތްތައް ބޭނުންވޭ
 
ނެޕީ ފަދަ ތަކެތި ނައްތާލުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ
 
މި ޕްރޮގްރާމަށް ރަށުގެ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބޭ

ބ. އަތޮޅުގެ ތިންވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ހިތާދޫގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ސަރުކާރަށް އަދި ހިތާދޫއަށް 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އިސް ރަށްވެއްސެއްކަމުގައިވާ، ހިތާދޫގެ ކުރީގެ ބޮޑުކަތީބް ޢަބްދުއްސައްތާރު އިބްރާހީމްއެވެ.

"މަގޭހިތާދޫ ސާފުހިތާދޫ" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ހިތާދޫ އާއި އެރަށުގެ އިހްތިޞާސް ހިމެނޭ ސަރަހައްދުތައް ސާފުކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މިއީ އެރަށުގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ކުރިއަށްދާނީ ނައްތާނުލެވޭ ކުނި ނައްތާލުމުގެ މަސައްކަތް ކަމަށެވެ. މި ކުނިތައް ނައްތާލެވިގެންދާނީ ރައްކާތެރިގޮތަކަށް ކަމަށާއި، މި މަސައްކަތުގެ ދަށުން މިހާރު ކުނި ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް އަބްދުލް އަޒީޒް ވިދާޅުވިއެވެ.

އަބްދުލް އަޒީޒް ވިދާޅުވީ ކުނި ހެޔޮ ގޮތުގައި ނައްތާނުލައި ފަތުރުވެރިކަމާއި މަސްވެރިކަން ދިގު މުއްދަތަކަށް ދެމިގެން ނުދާނެ ކަމަށެވެ. ވުމާއެކު، ކުނި ރިސައިކަލްކުރުމަށް ޕްރޮގްރާމެއް ވިލަރެސް ކުރަމުންދާ ކަމަށާއި، މިކަމުގައި ކައިރީގައިވާ ރިޒޯޓްތަކާއި އެންޖީއޯ ތަކުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަބްދުލް އަޒީޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ނެޕީ ފަދަ ތަކެތި ނައްތާލުން ކަމަށެވެ. މިކަމުގައި ފަންނީ އަދި މެޝިނަރީގެ އެހީތެރިކަން ބޭނުންވާކަމަށާއި، ޝަކުވާކުރުމުގެ ބަދަލުގައި ހިތާދޫ ރައްޔިތުން ބޭނުންވަނީ ގަދައަޅާ މަސައްކަތްކޮށް ރައްޔިތުންނާއި، ޒިޔާރަތްކުރާ ފަރާތްތައް ހިތްހަމަޖެހޭ، އަދި ވަށާޖެހޭ ކުނީގެ ނިޒާމެއް ހިތާދޫގައި ވެސް ޤާއިމްކުރުމަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
75%
25%
0%
0%
0%
0%
ކޮމެންޓް