ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 15:03
ހއ. މާރަންދޫ ސިއްހީ މަރުކަޒު
ހއ. މާރަންދޫ ސިއްހީ މަރުކަޒު
މާރަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުވުން
މާރަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރަތް ހުޅުވައިފި
 
މިއީ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ނިންމި މަސައްކަތެއް
 
އައު އިމާރާތާއެކު ސިއްހީ މަރުކަޒުގެ ޖާގަ ވަނީ ބޮޑުވެފައި

ހއ. މާރަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން މާރަންދޫ ހެލްތް ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހުމަދު އިބްރާހިމް ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން، މަސައްކަތް ނިންމުމަށްފަހު ހުޅުވި ފުރަތަމަ އިމާރާތް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ އައު އިމާރާތާއެކު ހޮސްޕިޓަލުގެ ޖާގަ ބޮޑުވެ، ފަސޭހަކަމާއެކު ޚިދުމަތްތައް ދިނުމަށް މަގު ފަހިވެފައިވާކަމަށެވެ. އެގޮތުން މި އިމާރާތުގައި އިދާރީ ބަޔާއި، ޕަބްލިކް ހެލްތު ބައިގެ އިތުރުން ކައުންސިލިން ރޫމަކާއި، މީޓިން ހޯލް، ލޯންޑްރީ އަދި ގަރާޖުގެ އިތުރުން 3 ސްޓޯރޫމެއް ހުންނާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.

މާރަންދޫއަކީ 1،077 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށު ސިއްހީ މަރުކަޒުން ޚިދުމަތް ދެނީ 16 ގަޑިއިރަށް ކަމަށް އަހުމަދު ވިދާޅުވިއެވެ.

ހއ. މާރަންދޫ ހެލްތް ސެންޓަރ

އެރަށުގެ އާބާދީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، އެރަށުގައި މޯބައިލް ލެބޯޓްރީގެ ޚިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަހުމަދު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން އެރަށުގައި ގާއިމްކުރަން ނިންމާފައިވާ ލެބޯޓްރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރައްވާކަމަށް އަހުމަދު ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ ލެބޯޓްރީ އިމާރާތް މިހާރު ގާއިމްކޮށްފައިވާކަމަށާއި، އެހެންނަމަވެސް މި ޚިދުމަތް ފެށުން ލަސްވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލު ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެއީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ. މި ފަސް ހޮސްޕިޓަލު، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކަކަށް ހެދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް