ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 13:09
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރައީސް އޮފީސް
ރައީސް ޔާމީން ޝަރީއަތަށް ދެއްވި ބަޔާން ލީކުވުން
ރައީސް ޔާމީންގެ ބަޔާން ޕީޖީގެ ފަރާތުން ލީކުވެފައެއް ނުވާނެ: ޕީޖީ އޮފީސް
 
ބުދަ ދުވަހުގެ ވަގުތެއްގައި މި ބަޔާން މީޑިއާއަށް ވަނީ ލީކުވެފައި
 
ފުލުހުންނާއި، ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ އަތުގައި ވެސް މި ބަޔާން އޮންނާނެ
 
މިކަމުގައި ޕީޖީ ބަދުނާމުވާންވީ ސަބަބެއް ނެތް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި، ކަޅުފައިސާ ދޮވުމުގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނު ދެއްވި ބަޔާން ޕްރޮސެކިއުޓަރ ޖެނެރަލް ލީކުކޮށްލާފައިނުވާނެކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މި ބަޔާން ލީކުވުމާ ގުޅިގެން މިކަމުގެ ބަދުނާމު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ބޮލުގައި އަޅުވަންވީ އެއްވެސް ސަބަބެއް ސާފު ނުވާ ކަމަށެވެ.

މި ބަޔާން އޮންނާނީ ހަމައެކަނި ޕީޖީގެ އަތުގައި ނޫން ކަމަށާއި، ފުލުހުންނާއި، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ އަތުގައި ވެސް މި ބަޔާން އޮންނާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ. ވުމާއެކު މި ބަޔާނަކީ އެހާ ސިއްރު ބަޔާނަކަށް ވެސް ނުވާކަމަށް ޝާފިއު ވަނީ ވިދާޅުވެފައެވެ. ޕީޖީގެ ފަރާތުން މިފަދަ ކަމެއް ހިނގާފައި ނުވާކަމުގެ ޔަގީންކަން ޝާފިއު ވަނީ ދެއްވާފައެވެ.

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި، ކަޅުފައިސާ ދޮވުމުގެ ދައުވާގެ ޝަރީއަތުގައި މި ހިނގާ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ރައީސް ޔާމީން ދެއްވި ބަޔާން މީޑިއާއަށް ލީކުވުމާ ގުޅިގެން މި ބަޔާން ލީކުކޮށްލީ ޕީޖީ ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ޕީޖީއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

ޕީޖީއަށް މިކަމުގެ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާދަމް ޝަމީމް ވަނީ ޕީޖީ އަކީ ރައްޔިތުންނަށް އޮޅުވާލުންތައް އޮޅުވާލާ ބޭފުޅެއް ކަމަށް ވިދާޅުވެ ޓްވީޓުކުރައްވާފައެވެ. ޕީޖީ އަކީ ސަރުކާރުގެ އެޖެންޓެއް ކަމަށާއި، ޕީޖީ މަސައްކަތްކުރަނީ ރައީސް ޔާމީންގެ ދުޝްމަނުންނާއެކު އެއްބަސްވުންތައް ހަދައި، އެމަނިކުފާނަށް ގެއްލުން ދިނުމަށް ކަމަށް ވެސް ޝަމީމް ތުހުމަތުކުރައްވާފައިވެއެވެ. ވަކި މީހެއްގެ ފައިލް އަތުގައި ބާއްވައި، ވަކި މީހަކު ގައުމުން ފުރުވާލާފައިވާކަމަށް ވެސް ޝަމީމްގެ ޓްވީޓުގައި ވެއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރިއަށްދިޔަ އިބްތިދާޢީ އަޑުއެހުމުގައި އޮތީ ދައުލަތާއި ދިފާއުން ހެކި ހުށަހެޅުމެވެ.

މި އަޑު އެހުމުގައި ދައުލަތުން 86 ހެއްކެއް ހުށަހެޅިއެވެ. މީގެތެރޭގައި ސިޓީތަކާއި، ޗެކްތަކާއި، ފައިސާ ޖަމާކޮށްފައިވާ ކަމުގެ ރަސީދު ވެސް ހިމެނެއެވެ. ދެ ދައުވާއަށް ވެސް ހުރީ އެއް ހެކިތަކެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ. ދިފާއުން ވެސް ހުށަހެޅީ ދެ ދައުވާއަށް އެއް ހެކިތަކެކެވެ. ދިފާއުން ވަނީ ހެކީގެ ގޮތުގައި ކުރީގެ ބަޔާންތަކާއި ފައިސާގެ ރަސީދުތައް ވެސް ހުށަހަޅާފައެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ޑޮލަރުގެ މުއާމަލާތެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ. ފުއްގިރީގެ މައްސަލައިގައި 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ރިޝްވަތު ގަބޫލުކޮށްފައިވާކަމަށް ދައުލަތުން ތުހުމަތުކުރާއިރު، ރައީސް ޔާމީން ވަނީ މި މުއާމަލާތް ހިނގި ގޮތް ޝަރީއަތަށް ކިޔައިދެއްވާފައެވެ.

މި މުއާމަލާތް ހިންގަވާފައިވަނީ ސަން ސިޔާމާއެކު 2016 ވަނަ އަހަރުގެތެރޭގައި ކަމަށް ރައީސް ޔާމީން ތަހުގީގަށް ކިޔައިދެއްވާފައިވާކަމަށް ބައެއް މީޑިއާތަކުގައި ހިއްސާކޮށްފައިވެއެވެ. 1.1 މިލިއަން ޑޮލަރު ގަތީ އިސްލާމިކް ބޭންކުގައި އެމަނިކުފާނު ހުޅުވާފައި އިންނަ އަމިއްލަފުޅު އެކައުންޓަށް އެކަށީގެންވާ އަދަދެއް ޖަމާކޮށްފައި ބެހެއްޓުމަށްކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
33%
0%
0%
67%
0%
ކޮމެންޓް